ވިއްސާރައަށް ތައްޔާރުވުމަށް ސްޓެލްކޯއިން ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައިފި

ސްޓެލްކޯ

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފައިވާތީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައިފި އެވެ.

ސްޓެލްކޯއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވިއްސާރައަށް ތައްޔާރުވުމުގެ ގޮތުން ފެންބޮޑުވުން ކޮންޓްރޯލް ކުރަން ދުރާލައި ފިޔަވަޅު އަޅަން ނިންމައި، އެ ކުންފުނީގެ މެނޭޖްމަންޓުން މި ޓާސްކްފޯސް އެކުލަވާލާފައިވާ ކަމަށެވެ. މި ހާލަތުގައި އެންމެ އިސްކަމެއް ދެވޭނީ ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުމަށާއި ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރަން އާންމުންނަށް އެހީތެރިވުމަށްޓަކައި ސްޓެލްކޯއިން ޚިދުމަތް ދޭ ހުރިހާ ރަށެއްގައި ވެސް އެ ކުންފުނީގެ މުވައްޒަފުން ތައްޔާރަށް ތިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.

މެޓުން ބުނާ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ބުދަ ދުވަހުން ފެށިގެން ހުކުރން ފެށިގެން ހުކުރު ދުވަހާ ހަމައަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވެ އެވެ.

މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރުމާ އެކު އެހެން ފަރާތްތަކުން ވެސް އަންނަނީ ސަލާމަތީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ފެންބޮޑުވުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވާ 72 ރަށަށް ވަނީ ޕަމްޕު ފޮނުވާފައެވެ. އަދި މާލޭގައި އާންމުކޮށް ފެން ވަންނަ 56 ގެއެއްގެ ދޮރު ކުރިމަތީގައި ވެލި ބަސްތާ ވަނީ ޖަހާފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

33 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy