ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވަން ނިންމާފައިވާ ފުރަތަމަ ޖަލްސާ މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ތާވަލުކޮށްފިއެވެ.
މި ޖަލްސާގެ އެޖެންޑާގައި ހިމެނެނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމާއި، ކޮމިޓީތަކުން ހުށަހަޅާ ކަންކަމެވެ.
މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް އައްޔަނުކުރުމުގެ މައްސަލައާއި، ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރި ހަތަރު ބޭފުޅުންގެ ނަންފުޅު ފާސްކުރުމުގެ މައްސަލަ ހިމެނެއެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެ މެންބަރުން އައްޔަނުކުރުމުގެ މައްސަލަވެސް ހިމެނެއެވެ.
ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެ މެންބަރުން އައްޔަނުކުރުމުގެ މައްސަލައާއި، އިލެކްޝަންސް ކޮމިޝަނަށް ދެ މެންބަރުން އައްޔަނުކުރުމުގެ މައްސަލަ ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް ވަކިކުރުމަށް މަޖިލީހުން ފާސްކުރުމުންނެވެ. މި ދެ ބޭފުޅުންނާ މެދު ރިޔާސީ އިންތިޚާބުގެ ޑޭޓާބޭސް ވިއްކުމާއި ރީރެޖިސްޓްރޭޝަން އޮޅުވާލުން ފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް މެންބަރަކު އައްޔަންކުރަން ޖެހޭއިރު، އަންނަ ދައުރު ނުފެށެނީސް އެ މުއްދަތު ހަމަވާނެއެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރުމަށް ދައުރުން ބޭރުން މި ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް