އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓާ ކަރީމް ޚާން- ފޮޓޯ:އޭއެފްޕީ
· އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ އިސް ޕީޖީ ކަރީމް ޚާން އުއްމީދު ކުރައްވަނީ އިސްރާއީލާއި ހަމާސްގެ އިސް ލީޑަރުން ޝަރީއަތުގެ ކުރިމައްޗަށް ގެނެވޭނެކަމަށެވެ.
· ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އައިސީސީން ނެރުނު އަމުރަކީ ރަހީނުން ދުކޮށްލުމަށް އެއްބަސްވުމާއި ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
ހަނގުރާމައިގެ ޖަރީމާއާއި ގަތުލުއާންމު ހިންގުމުގެ ކުށުގައި އިސްރާއީލުގެ އިސްވެރިންނާއި ހަމާސްގެ އިސް ލީޑަރުން ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ން އެދިފައިވާ މައްސަލަ، ކާމިޔާބުވުމުގެ ފުރުސަތާއި ވަގުތާ މެދު އެ ކޯޓްގެ ޕްރޮސެކިއުޓަރު ކަރީމް ޚާން ވަނީ ސުވާލު އުފައްދާފައެވެ..
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޚާންގެ އެ އެދިވަޑައިގަތުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަތަންޔާހޫ ދެކޭ ގޮތުގައި، ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުގައި އޭނާ އާއި ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އައިސީސީން އެދުމަކީ، މުޅިން ހަގީގަތާ ހިލާފު އަދި އަދުލު އިންސާފަށް ފުރައްސާރަކުރުން ފަދަ ކަމެކެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް މި މައްސަލަ ސިފަކުރަނީ، އެއީ އިސްރާއީލުގެ ދައުލަތުގެ ބިންގާ ފުރޮޅާލަން ކުރެވޭ މަސައްކަތެއްގެ ގޮތުގައެވެ. އަދި އޭނާ އާއި އޭނާގެ ބޮޑުވަޒީރުގެ މައްޗަށް ހުށަހަޅާފައިވާ އަމުރަކީ ނިކަމެތި އަމުރެއްގެ ގޮތުގައެވެ.
އައި.ސީ.ސީ.ގެ އަމުރު ތަންފީޒު ކުރުމުގެ ފުރުޞަތު ކުޑަކަމަށް ދެކި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ލޯ ފޯ ފަލަސްތީނުގެ، ސީނިއާ ލީގަލް އެޑްވައިޒަރެއް ކަމަށްވާ ހަސަން އިމްރާން ވިދާޅުވި، "އައިސީސީގެ ނިންމުންތަކުގެ މާޒީއަށް ބަލާއިރު، ސުވާލު އުފެދޭ. ޚާން އެ ފަދަ އަމުރަކަށް އެދުމުގެ ހިތްވަރު ލިބެނީ ކޮން ކަމަކުންތޯ" ސުވާލު އުފެދޭ ކަމަށެވެ.
ލަންޑަންގެ ރޯޔަލް ޔުނައިޓެޑް ސާވިސަސް އިންސްޓިޓިއުޓްގެ ސީނިއާ އެސޯސިއޭޓް ޖޫލީ ނޯމަން ދެކެވަޑައިގަންނަވާ ގޮތުގައި އައިސީސީން އިސްރާއީލުގެ އިސްވެރިންނާއި ހަމާސްގެ އިސްވެރިން ހައްޔަރުކުރަން ހުށަހަޅާފައިވާ އަމުރަކީ ހަނގުރާމަވެރި ފަރާތްތައް އެއްބަސްވުމަކަށް ގެނައުމަށް ބާރުއެޅުމުގެ ގޮތުން ހުށަހަޅާފައިވާ އަމުރަކަށް ވެދާނެ އެވެ.
"މި އަމުރުގެ ސަބަބުން ދެ ފަރާތަށް ވެސް މި ހަމަނުޖެހުން ތައް ނިމުމަކަށް ގެނައުމަށް ޕްރެޝަރަކަށް ވާނެ. ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައިވާ އަސީރުން މިނިވަން ކުރުމަށާއި، އިޒްރޭލުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަށް ޕްރެޝަރު ބޮޑުވާނެ ކަމަށް މި ކަމަށް ތާއީދުކުރާ ފަރާތްތަކުން އުންމީދު ކުރޭ." ނޯމަން ވިދާޅުވިއެވެ.
އައިސީސީގެ މި ފިޔަވަޅުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް، ކެނެޑާގެ ޔުނިވާސިޓީ އޮފް ދަ ފްރޭޒާ ވެލީގެ ކްރިމިނަލް ޖަސްޓިސް އެންޑް ކްރިމިނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސަރު މާކް ކާސްޓަން ވިދާޅުވީ އައިސީސީގެ ނިންމުމަކީ ސުލްޙައިގެ ވާހަކަތައް ގޯހުން ގޯހަށް ދާން ޖެހޭވަރުގެ ކަމެއް ނޫން ކަމަށެވެ.
އޭނާ މިސާލަކަށް ނެއްގެވީ ކޮލަމްބިއާއެވެ. ކޮލަމްބިއާ ސަރުކާރާއި ގޮރިއްލާ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށް އެއް.އޭ.އާރު.ސީ-އީޕީ އަދި އީ.އެލް.އެން އާ ދެމެދު ކުރި ދިގު ހަނގުރާމާގައި "އައިސީސީން ދިހަ ވަރަކަށް އަހަރު ވަންދެން ޕްރިލިމިނަރީ އިމްތިހާނެއް ހެދި." އޭނާ ވިދާޅުވިއެވެ. "މި ހަމަނުޖެހުމުގެ ސުލްހައިގެ މަރުހަލާގައި މަޝްވަރާކުރެވި، ޖަވާބުދާރީވުމުގެ ފުރުޞަތު ސަރުކާރާއި ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރި ފަރާތްތަކަށް ދެވުނު. ސުލްހައިގެ މަރުހަލާގައި ހަނގުރާމައިގެ ދުވަސްވަރު ދެ ފަރާތުން ވެސް ހިންގި ގިނަ ޖަރީމާތަކަށް މާނަހުރި އިންސާފުވެރި ބަދަލު ހޯދާދެވުނު."
ހަނގުރާމައިގެ ޖަރީމާއާއި ގަތުލުއާންމު ހިންގުމުގެ ކުށުގައި އިސްރާއީލުގެ އިސްވެރިންނާއި ހަމާސްގެ އިސް ލީޑަރުން ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ޕްރޮސެކިޔުޓަރު ޚާން އެދިފައިވާ މައްސަލަ، އައިސީސީގެ ޕްރީ ޓްރަޔަލް ޗެމްބަރަށް ގޮސްފައިވާއިރު، މިމައްސަލާގައި، ފިޔަވަޅު އަޅާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ، ތިން އަޑު އެހުމަށްފަހު އެ ޗެމްބަރުގެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވާ ފަނޑިޔާރުންނެވެ. އެ ފަނޑިޔާރުންނަކީ ރޫމޭނިއާގެ ލޫލިއާ މޮޓޮކް އާއި ބެނިންގެ ރެއިން އަލަޕިނީ-ގަންސޫ އަދި ފްރާންސްގެ ނިކޮލަސް ގުއިލޯއެވެ.
ހަތް މަސް ދުވަހުގެ ހެކި ހޯދުމަށްފަހު ޚާން ހުށަހަޅާފައިވާ މައްސަލަ ވަރުގަދަ ކަމަށް ވަކީލުން ގަބޫލުކުރެވެ. ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް އުފުލާފައިވަނީ ބަނޑުހައިހޫނުކަން ހަތިޔާރުގެ ގޮތުގައި ބޭނުންކުރުމާއި، ގަސްތުގައި މީހުންނަށް ހިތާމަޔާއި ހިތްދަތިކަން ދިނުމާއި، ގަސްތުގައި މީހުން މެރުމާއި، އާންމުންގެ އާބާދީތަކަށް ގަސްތުގައި ހަމަލާދިނުމާއި، ނަސްލުނައްތާލުމުގެ ޖަރިމާ ހިންގި ކަމުގެ ދައުވާއެވެ.
ދައުވާ ލިބޭ މީހުން ކަމުގައިވާ ނަތަންޔާހޫ އާއި އިސްރާއީލުގެ އިސްވެރިން ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ އެކަށީގެންވާ ހެކި ހުރިތޯ ބަލައި އެމީހުން ކޯޓަށް ހާޒިރުވުމަށް އަމުރު ނެރޭނީ ތޯ ނުވަތަ އެމީހުން ހައްޔަރުކުރަން އަމުރު ނެރޭނީތޯ އައިސީސީގެ ފަނޑިޔާރުން މިހާރު ނިންމަން ޖެހެއެވެ.
މިކަމުގައި ހަގީގީ މައްސަލައާ ދުރަށް ދިއުމެއް ނެތެވެ. އައިސީސީގެ ނިންމުން މުހިންމު ގޮތެއްގައި ތަންފީޒު ނުކޮށްފިނަމަ، އަސާސީ ގޮތުން އައިސީސީ ރޫޅިގެންދާނެއެވެ. ދުނިޔޭގެ ގައުމުތަކުން ބައިނަލްއަގްވާމީ މުއައްސަސާއަށް ކުރާ އިތުބާރުގެއްލި، އެތަންތަން ގަބޫލުކުރުމަށް އިންކާރު ކުރާނެއެވެ. އެހެން ވެއްޖެނަމަ، އޭގެ މާނައަކީ ސިޔާސަތުގެ ލަނޑުދަނޑިތައް ބަދަލުކުރަން ޖެހުމެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް