ލޮސް އެންޖެލެސް ވަނީ ބިރުވެރިކަމެއްގެ ތެރޭގައި
ލޮސް އެންޖެލެސްގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގައި މިހާތަނަށް މަދުވެގެން 16 މީހުން މަރުވެއްޖެއެވެ.
ކެލިފޯނިއާގެ ބޮޑު ސިޓީގެ ހަތަރު ދިމާލެއްގައި ރޯވެ އަނދަމުން ދާއިރު ލިބުނު ގެއްލުމުގެ އަގު 135 ބިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.
އެ ސިޓީގެ ތާރީޚުގައި ހިނގަމުންދާ އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި، އަނދައިގެން ގޮސްފައިވާ ސަރަޙައްދުތަކުގައި މަރުވެފައިވާ މީހުން ހޯދުމަށް ޓަކައި ކުއްތާތަކާއި މީހުން ހޯދާ ޓީމުތަކުން ވަނީ މަސައްކަތް ފަށާފައެވެ. ގާތްގަނޑަކަށް 35,000 ގެއާއި ވިޔަފާރިތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގަމުންދާ ޕެލިސޭޑްސް ގައި މިހާރު ވަނީ 20,000 އޭކަރަށްވުރެ ބޮޑުބައި އަނދާފައެވެ. އަލިފާނާ ހަނގުރާމަ ކުރަމުންދާ ފަޔަރ ފައިޓަރުން ބުނަނީ އަލިފާން ކޮންޓްރޯލްކުރުމުގައި ކުޑަ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
އީޓަން އަލިފާނުގެ ހާދިސާގައި 11 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ. އަދި ޕެލިސޭޑްސްގެ އަލިފާނުގެ ހާދިސާގައި އިތުރު ފަސް މީހުން މަރުވެފައިވެއެވެ. ލޮސްއެންޖެލެސް ކައުންޓީގައި 153,000 އަށްވުރެ ގިނަ މީހުން ވަނީ އިވެކުއޭޓްކުރުމުގެ އަމުރުގެ ދަށުގައެވެ.
އަލިފާނުގެ ހާދިސާތަކުގައި 12,000 އަށްވުރެ ގިނަ ތަންތަން ވަނީ އަނދައިގެން ގޮސްފައެވެ. މީގެ ތެރޭގައި ގެތަކާއި، އިތުރު އިމާރާތްތަކާއި، ގުދަންތަކާއި، މޯބައިލް ހޯމްތަކާއި އަދި އުޅަނދުތައް ހިމެނެއެވެ. ވައްކަންކުރަން އުޅުނު 20 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް