ބާސާއިން ތަށި ކާމިޔާބުކުރުން
ސައުދީ އަރަބިއާގެ ރިޔާދުގައި އިއްޔެ ބޭއްވުނު ސްޕެނިޝް ސުޕަ ކަޕް ފައިނަލްގައި ރެއާލް މެޑްރިޑް އަތުން 5-2 އިން މޮޅުވެ، ބާސެލޯނާ އިން 15 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފިއެވެ.
ކިންގް އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތމަ ލަންޑު ޖެހީ ރެއާލް މެޑްރިޑްއެވެ. މި ލަނޑު އެޓީމަށް ޖަހާދީފައި ވަނީ ކީލިއަން އެމްބާޕޭ އެވެ. ނަމަވެސް ބާސެލޯނާ އިން ވަނީ ލަމީން ޔަމާލް، ރޮބަޓް ލެވަންޑޯސްކީ، ރަފީނިއާ އަދި އަލެހަންދްރޯ ބާލްޑޭ މެދުވެރިކޮށް ފުރަތަމަ ހާފުގައި 4 ގޯލު ޖަހާފައެވެ.
ދެވަނަ ހާފުގައި ރެއާލް މެޑްރިޑްގެ ރޮޑްރީގޯ އިތުރު ގޯލެއް ޖެހި ނަމަވެސް، ބާސެލޯނާގެ ރަފީނިއާ ވަނީ އިތުރު ގޯލެއް ޖަހައި އެޓީމަށް ތަށި ޔަގީން ކޮށްދީފައެވެ. މި މެޗުގެ 56 ވަނަ މިނިޓްގައި ބާސެލޯނާގެ ގޯލްކީޕަރު ވޮޖްޝިއޭ ޝެޒްނީ އަށް ވަނީ ރަތް ކާޑެއް ދައްކާ ދަނޑުންވެސް ފޮނުވާލައިފައެވެ.
މި ކާމިޔާބާއި އެކު ބާސެލޯނާ އިން މިވަނީ ސްޕެނިޝް ސުޕަ ކަޕް އެންމެ ގިނަ ފަހަރު ކާމިޔާބުކުރުމުގެ ރެކޯޑަށް އިތުރުބޮޅެއް އިތުރުކޮށްލައިފައެވެ. މިހާތަނަށް ބާސެލޯނާ އިން 15 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު، ރެއާލް މެޑްރިޑް އިން ވަނީ 13 ފަހަރު ކާމިޔާބުކޮށްފައެވެ.
މިދިޔަ އަހަރުގެ ސުޕަ ކަޕް ފައިނަލްގައި ރެއާލް މެޑްރިޑް އަތުން ބަލިވެފައިވާ ބާސެލޯނާ އިން މި ފަހަރު ވަނީ އޭގެ ބަދަލު ހިފާފައެވެ. މި ކާމިޔާބީއާއެކު ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އަށް ވަނީ ބާސާ އާއި އެކު ފުރަތަމަ ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް