މީރާ
މިދިޔަ އަހަރު ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އެންމެ ފަހުން އާންމުކުރި ދައުލަތުގެ އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެ އިދާރާއަށް ޖުމްލަ 27.8 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެއެވެ.
މީރާއަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތެރޭގައި ހިމެނެނީ ޑޮލަރުން ލިބުނު 1 ބިލިއަން އާއި ދިވެހި ފައިސާއިން ލިބުނު 11.5 ބިލިއަން ރުފިޔާއެވެ. މިއީ ޓެކްސްގެ ގޮތުގައި ދައުލަތަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ އަހަރެވެ.
މިދިޔަ މަހު އެ އިދާރާއަށް ލިބުނު އާމްދަނީއަކީ އެ މުއްދަތުގައި ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރި އަދަދަށް ވުރެ 20.1 އިންސައްތަ އިތުރު އަދަދެކެވެ. ޑިސެމްބަރުގެ އާމްދަނީ އިތުރުވީ ޓޫރިޒަމް ދާއިރާގެ ޓެކްސް، ވޯކް ޕާމިޓް ފީ، ގްރީން ޓެކްސް، އެކްސްޕެޓްރިއޭޓް ކޯޓާ ފީ އަދި އާންމު މުދަލާއި ޚިދުމަތުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ.
މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބުނީ ޖީއެސްޓީގެ ގޮތުގައެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ޑިސެމްބަރު މަހު 1.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ޖުމްލަ އާމްދަނީގެ 57.3 އިންސައްތަ އެވެ. ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 378 މިލިއަން ރުފިޔާ އަދި އިންކަމް ޓެކްސްގެ ގޮތުގައި 116 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް