މާފަންނުގެ ޕަންޕު ސްޓޭޝަން މިހާރު ވަނީ ހައްލުކޮށްފައި
މާލޭގެ މާފަންނު ސަހަރާގައި ހުރި ޕަމްޕް ސްޓޭޝަން ހަލާކުވުމާ ގުޅިގެން، އެ ސްޓޭޝަން މަރާމާތުކޮށް އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއިން ބުނެފިއެވެ.
މާލޭގައި ވިއްސާރަވެހި ފެންބޮޑުވުމާ ގުޅިގެން، ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މާފަންނު ސަރަހައްދުގައި ޕަމްޕް ސްޓޭޝަންތައް ޤާއިމްކޮށްފައެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތް ކުރަމުންދިޔައިރު، އެތަނުގައި ހުރި ޕަމްޕް ސްޓޭޝަން ހަލާކުވެފައިވާ ކަމަށް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު އާއި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް އާ ދެމެދު ސޯޝަލް މީޑިއާގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. މޭޔަރު ވިދާޅުވީ ޕަމްޕް ސްޓޭޝަން ހަލާކުވެގެން އެކަމުގެ ޝަކުވާ މިނިސްޓްރީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވީ ޕަމްޕް ސްޓޭޝަން ޤާއިމްކުރީ ސަހަރާ ސާފުކުރުމަށްފަހު ކަމަށާއި، އެތަން އަލުން ކޮނުމުގެ މާނައެއް ނެތް ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާފަންނު ސަހަރާގައި ހުރި ޕަމްޕް ސްޓޭޝަނާއި އެ ސްޓޭޝަނަށް ގުޅާފައިވާ ހޮޅިތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި މި ގެއްލުން ލިބިފައިވަނީ އެއްވެސް މަޝްވަރާއެއް ނެތި އެ ސަރަހައްދު ކޮނުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ރޯޑް ކޯޕަރޭޝަނާއި ސްޓެލްކޯގެ އެހީތެރިކަމާއެކު މާފަންނު ސަހަރާގައި ހުރި ޕަމްޕް ސްޓޭޝަން ވަގުތީގޮތުން މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ. މާފަންނަކީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު ކަމަށްވެފައި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެތައް މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް، އަދިވެސް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް