އިމާރާތައްވެފައިވާ ގެއްލުން / ފޮޓޯ: މާލޭސިޓީ ކައުންސިލް
މާލޭގައި ގެއެއް އިމާރާތްކުރަމުން ދަނިކޮށް، އެ ގެއާ ޖެހިގެން ހުރި ގެއެއްގެ ބައެއް މިއަދު ގަނބައިގެންގޮސް، އެ ގޭގައި ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި، މާފަންނު އިއްޒުއްދީން މަގުގައި ހުންނަ މ. ނެވިގޭޓާ އިމާރާތްކުރަމުން ދަނިކޮށް، އެ ގެއާ ޖެހިގެން ހުރި މ. ލަކީ ހެވަންގެ ބައެއް ގަނބައިގަނެ އަޑިއަށް ގޮސްފައިވެއެވެ. މި ހާދިސާ ހިނގީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ސިޓީ ކައުންސިލުން ބުނީ މިކަން ހިނގަން މެދުވެރިވީ ނެވިގޭޓާގެ އިމާރާތްކުރަމުން ދިޔައިރު، ޝީޓް ޕައިލް ނުކޮށް ހުރުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެހެންވުމުގެ ސަބަބުން ލަކީ ހެވަންގޭގެ ފާރުތަކުގައި ރެނދުލައި އަޑިއަށް ދާކަން ފާހަގަކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރިއެވެ.
ލަކީ ހެވަންގޭގައި ދިރިއުޅެމުން ދިޔަ ހަތަރު އާއިލާގެ 18 އަހަރުން ދަށުގެ ތިން ކުދިންނާއި ހަ މީހުން އަދި ދެ ކޮޓަރީގައި ކުއްޔަށް އުޅެމުންދިޔަ ބިދޭސީން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށް އެ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް