ރައީސްގެ ވައުދާއި އެއްގޮތަށް ރޯދަމަހަށް ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސްކޭހެއް ދޫކުރަނީ

މިފްކޯއިން އަންނަނީ މަސްދަޅު ދޫކުރުމަށް ތައްޔާރުވަމުން

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް ކުރިއަށް އޮތް ރޯދަމަހު ސަރުކާރުން ދޭ އިނާޔަތެއްގެ ގޮތުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރަން ނިންމާފައިވާ ކަމަށް މިފްކޯއިން މިއަދު ބުނެފިއެވެ.

މިފްކޯއިން ބުނެފައިވަނީ މި ފަހަރުގެ ރޯދަމަހާ ދިމާކޮށް އާންމުކޮށް އުފައްދާ މަސްދަޅުގެ އަދަދަށް ވުރެ އިތުރަށް ލައްކައެއްހާ މަސްދަޅު އުފައްދަން ޖެހޭ ކަމަށާއި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މި ޕްރޮޑަކްޝަނަކީ އެސްޓީއޯއާ ގުޅިގެން މިފްކޯއިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައެވެ. މާކެޓް ރޭޓަށް ބަލައިގެން 82،000 ގޭބީސީއަށް މަސްދަޅު ކޭސް ދޫކުރާ ނަމަ ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެއެވެ.

މިފްކޯއިން ބުނެފައިވަނީ އަންނަ މަހުގެ ތެރޭގައި އެ ޕްރޮޑަކްޝަން ނިމި، ގޭބީސީތަކަށް މަސް ކޭސްތައް ދޫކުރާނެ ކަމަށެވެ. މަސްދަޅު ކޭސްތައް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

46 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy