ޗައިނާގެ ޚާރިޖީ ވަޒީރު ރައީސް ޑރ. މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ގައުމުގެ ހާރިޖީ ވަޒީރު ވާންގް ޔީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ދެއްވައިފި އެވެ.
އަމިއްލަ ދަތުރުޅެއްގައި މިއަދު ހެނދު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ގައުމުގެ ހާރިޖީ ވަޒީރު ވާންގް ޔީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް މިއަދު ވަނީ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ފަހު އޮތް މި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ވަޒީރު ވާންގް ޔީއަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގައި ހޭދަކުރައްވާ ވަގުތު ތަކަކީ އުފާވެރި ވަގުތު ތަކަކަށް ވުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ހިނގަމުންދާ މަޝްރޫއުތަކާއި ދެގައުމުގެ މެދުގައި އެއްބަސްވެވިފައިވާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް މުއިއްޒު އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ.
އެގޮތުން ގެދޮރުވެރިކަމާއި މަގުހެދުމުގެ މަޝްރޫއު ތަކަކީ ދިވެހި ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫއުތައް ކަމަށާއި، އެ މަޝްރޫއު ތަކަށް އިސްކަންދިނުމުގެ މުހިންމު ކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި އިގުތިސާދު ސިންދަފާތު ކުރުން ކަމަށާއި، އެހެންކަމުން މިދާއިރާ ތަކުން ޗައިނާގެ އިތުރު އެހީތެރިކަމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ހާރިޖީ ވަޒީރު ވާންގް ޔީ ގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ކަމަށް ތައުރީފު ކުރައްވާފަ އެވެ.
އަދި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ވަޒީރު ވާންގް ޔީ ވަނީ އަރުވާފަ އެވެ.
މީގެއިތުރުން ހާރިޖީ ވަޒީރު ވަނީ ޗައިނާގެ ކުންފުނި ތަކުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އަވަސްކ ުރުމަށް ބާރު އަޅުއްވާނޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަ ކުރައްވަމުން، ރާއްޖެ ޗައިނާ ގުޅުމަކީ ގައުމުތަކުގެ ކުޑަ ބޮޑު މިނަށް ބެލުމެއްނެތި ގުޅިގެން ތަރައްގީއާއި ފުދުންތެރިކަން ހޯދޭނެ ކަމުގެ އަލިގަދަ ހެއްކެއްކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެއްބަސްވެވުނު "ޗައިނާ މޯލްޑިވަސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް" އެއްބަސްވުން ތަންފީޒު ކުރުމަށާއި މަލްޓިލޭޓަރަލް މަންސަތަކުގައި ދެގައުމުގެ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް