ހުޅުމާލެ ދެވަނަ ފޭހުގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން މާލެއާ ވަނީ ގުޅައިލާފަ --
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައިވާ 132 ކިލޯވޮޓްގެ ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅާލުމަށް ކުރި މައްސައްކަތް ސްޓެލްކޯއިން ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.
ސްޓެލްކޯއިން ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ޓަކައި މާލޭގެ 10 ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަންޖެހޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް، މޫސުން ތަންދިނުމާ އެކު މާލޭގެ ދެ ސަރަހައްދަކުން އެއްގަޑިއިރަށްވުރެ ވެސް މަދު ވަގުތު ކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކަނޑައިގެން މި މަސައްކަތް ނިންމާލެވިފައިވާކަން އެމްޑީ ފާހަގަކޮށްފަ އެވެ.
ކުންފުނީގެ ހިދުމަތް އިތުރަށްފުޅާކޮށް، ފުރިހަމަ ކުރުމަށް ޓަކައި ކުރެވޭ މި ފަދަ މަސައްކަތް ތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދު ވެސް ލިބެމުން އަންނަ އެއްބާރުލުމަށް ސްޓެލްކޯއިން ޝުކުރު އަދާކުރި އެވެ.
ގައުމީ ކަރަންޓު ކުންފުނި ސްޓެލްކޯއިން ބުނީ ކުރިއަށް ދެން އޮތީ ފޭސް ދޭއްގައި މިހާރު ގާއިމްކޮށްފައިވާ 11 ކޭވީ ނެޓްވޯކްގެ ކޭބަލްތައް ސަބްސްޓޭޝަނަށް ބަދަލުކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމުގެ މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް