ރައީސް މުއިއްޒު ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ހަވީރު ވަނީ މާލެ ވަޑައިގެންފައި --
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހުވަދުއަތޮޅުން ވަޑައިނުގެންނެވި ހުރި ރަށްތަކަށް ޒިޔާރަތް ކުރައްވައި އަދި ބައްދަލު ނުކުރެއްވި ހުރި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީ ތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެ އެވެ.
އެމަނިކުފާނު ވަނީ މިދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެ ފަރާތްތަކުގެ ކަންބޮޑުވުން ތަކަށް ހައްލު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވިދާޅުވެދެއްވާފަ އެވެ.
އަދި ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތް ތަކުގެ އަދާހަމަ މައުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ހިއްސާ ކުރައްވާފައިވެ އެވެ.
މި ދަތުރުފުޅުގައި ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅ ުތަކުގައި އެމަނިކުފާނު ވަނީ ވަރަށް މުހިންމު، އުންމީދީ މައުލޫމާތު ތަކެއް ރައްޔިތުންނާ ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން، މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އޮތް ޒަމާންވީ ބޯހިޔާވަހި ކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯއްދަވައި ދެއްވުންކަން އެމަނިކުފާނު ތަކުރާރުކުރައްވާފައިވެ އެވެ.
އެއަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރިއަށް ގެންދާ ކަންކަމުގެ ތެރޭގައި ހިމެނޭ، ހިޔާވެހި ފައިނޭންސިންގް ޕްރޮގްރާމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުސަތެއް ކަމަށާއި، މި ފުރުސަތުގެ ބޭނުން ހުރިހާ ރައްޔިތުން ވެސް ހިފުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.
މީގެ އިތުރުން ރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަންކަމުގައި ފާހަގަ ކުރައްވައި ސަރުކާރުގެ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާ ކުރުން ކަމަށާއި ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ވެސް މިހާރު ސަރުކާރުން ފައްޓައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އަދި ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ވެއްޓިފައި އޮތް ހާލަތުން ސަލާމަތްކޮށް، އިގުތިސާދު ސިންދަފާތު ކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މުހިންމު މަސައްކަތް ތަކުގެ އަދާހަމަ މައުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފަ އެވެ.
މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލު ކުރެއްވުމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދާ އެއްގޮތައް ކުރައްވަމުން ގެންދަވާ، ސިލްސިލާ ދަތުރުފުޅު ތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެވެ.
އެމަނިކުފާނު ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް