ޕްރާންސުގެ ފޮރިން މިނިސްޓަރު --ފޮޓޯ ކްރެޑިޓް/ އަރަބް ނިއުސް
ކިތަންމެ ބާރުގަދަ ގައުމެއްނަމަވެސް އެގައުމުން ޔޫރަޕްގެ އިއްތިހާދުގެ ގައުމަކަށް އަރައިގަތުމުގެ ފުރުސަތު ނުދޭނެކަމަށާއި ޔޫރަޕް ބަލިކަށި ކަމަށް ލަފާކުރާ ގައުމުތަކަށްވަނީ ހަގީގަތް އޮޅިފައިކަމަށް ފުރާންސުން ބުނެފިއެވެ.
ފުރާންސުގެ ފޮރިން މިނިސްޓަރު ޖީން ނޮވެލް ބެރޮޓް ވިދާޅުވީ އެހެން ގައުމަކުން ޔޫރަޕްގެ އިއްތިޙާދުގެ ސަރަހައްދީ ރޮނގަށް އަރައިގަތުމަށް ފުރުސަތު ނުދޭނެކަމުގައެވެ. މިގޮތަށް ވިދާޅުވެފައިވަނީ ޑެންމާކުގެ ސަރަހައްދެއް ކަމަށްވާ ގްރީންލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ.
ބެރޮޓް ވިދާޅުވީ ޔޫރަޕަކީ ބަލިކަށިވެފައިވާ ބައްރެއްކަމަށް ހީވާނަމަ އެއީ ކުށްހީއެއްކަމަށާއި ޔޫރަޕަކީ އަދިވެސް ބާރުގަދަ ބައްރެއްކަމުގައެވެ. ގްރީންލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެކަމަށް ޓްރަމްޕް ދައްކަވާ ވާހަކަ އޭނާ ގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ.
ދާދިފަހުން ޓްރަމްޕްވަނީ ގްރީންލެންޑް އަގުދީފައި ގަނެގެން ސުލްހަވެރިކަމާއެކު އެތަން އެމެރިކާގެ ބާރުގެ ދަށަށް ނުގެނެވިއްޖެނަމަ އެކަންކުރާނެ އެނޫންވެސް ގޮތްތައް އެބަ ހުރިކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ގްރީންލެންޑަށް އެމެރިކާ އަސްކަރީ ގޮތުން އަރައިގަންނާނެކަމަށް ޓްރަމްޕް ވިދާޅުވެފައެއް ނުވެއެވެ.
މިމައްސަލާގައި ޑެންމާކުގެ ބޮޑުވަޒީރާ މެއްޓޭ ފްރެޑްރިސްސެން ވަނީ ވަރަށްކަންބޮޑުވެ ވަޑައިގެން ވާހަކަ ދައްކަވާފައެވެ. މެއްޓޭ ވިދާޅުވީ ގްރީންލެންޑަކީ ވިއްކާގޮތަށް އޮންނަ ބިމެއްނޫންކަމަށާ އަދި އެއީ ގަދަކަމުން އަތުލައި ގަނެވޭނެ ބިމެއްވެސް ނޫންކަމުގައެވެ. ޑެންމާކުގެ ބައެއްގެ ގޮތުގައި ގްރީންލެންޑް އޮންނަތާ ވަނީ ހަ ގަރުނުވެފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް