ކަސްޓަމްސް އޮފީސް --
އިމްޕޯޓް އެކްސްޕޯޓް މުދާ ކުލިއަ ކުރުމުގެ ކަންކަމުގައި ކަސްޓަމްސްއާ މުއާމަލާތް ކުރާ ފަރާތް ތަކަކީ އެކަމުގެ ތަމްރީން ލިބިފައިވާ ފަރާތް ތަކެއް ކަމަށް ހެދުމަށް ޓަކައި "ކަސްޓަމްސް ބްރޯކާ ޓްރެއިނިންގް"ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.
ކަސްޓަމްސުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަ މަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ޕްރޮގްރާމްގެ މަގުސަދަކީ މުދާ ކުލިއާ ކުރުމުގެ ކަންކަމުގައި އެ އޮފީހާއެކު މުއާމަލާތް ކުރާ ފަރާތް ތަކަކީ ކަނޑަ އެޅިފައިވާ އުސޫލު ތަކުގެ ދަށުން ހާއްސަ ތަމްރީނު ތަކެއް ލިބިގެން ހަރަކާތްތެރިވާ ޕްރޮފެޝަނަލް ފަރާތް ތަކަކަށް ހެދުން ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަތަރު މޮޑިއުލްއަކަށް ބަހާލައިގެންނެވެ.
އޭގެ ތެރޭގައި ހިމެނެނީ "ބްރޯކާސް ރެގިއުލޭޝްން އެންޑް ކަސްޓަމްސް ޕްރޮސީޖާސް"، އާއި "ވެލިއުއޭޝަން ޕްރޮސެސް" އާއި، "ޑޮކިއުމެންޓޭޝަން ޕްރޮސެސް"ގެ އިތުރުން "ހާމޮނައިޒްޑް ސިސްޓަމް" އެވެ.
ކޯހަށް މީހުން ހޮވުމުގައި އިމްޕޯޓް އެކްސްޕޯޓް އަދި ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރާކާތްތެރިވާ ފަރާތްތަކަށް އިސްކަން ދޭނެ އެވެ.
މަހު ފީއަކަށް 6،000 ރުފިޔާ ލިބޭ މިކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރިކޯޑަށް ރިއާޔަތްކޮށް އެ ފަރާތެއް ކޯހުގައި ބައިވެރި ނުކުރުމުގެ އަދި ކޯހުން ވަކި ކުރުމުގެ އިޚުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެ އެވެ.
ބްރޯކަރުން ތަމްރީން ކުރާ މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފެބުރުއަރީ މަހުގެ ދެ ވަނަ ދުވަހު މެންދުރު ފަހު 2:00ގެ ކުރިން ކަސްޓަމްސް އެކަޑަމީގެ މެއިލް application.academy@customs.gov.mvއަށް ފޯމް ހުށަހަޅަން ޖެހޭނެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް