ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމުކޮށް، ކުނީގެ މައްސަލައަށް ޙައްލު ގެންނަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިއީ ބޮޑު ގޮންޖެހުމެއް ނަމަވެސް، ކޮންމެ ރަށެއްގެ ނިސްބަތުން އެ ރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމުކޮށް، މުޅި މައްސަލައަށް ޙައްލު ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މިއީ ވަރަށް އެމްބިޝަސް އަދި އެޗީވަަބަލް ޓާގެޓެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމުކުރުމުގައި އެ ރަށަކަށް އަރައި ފައިބާ ނިސްބަތާއި، ރަށުގައި ހުރި ސިނާޢަތްތަކުގެ އިތުރުން ހިނގާ މަސައްކަތްތަކަށް ބަލައި، އެ ރަށަކަށް ބޭނުންވާ ފެންވަރުގެ ނިޒާމެއް ޤާއިމުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މަގޭ ސާފު ރާއްޖެ" ނަމުގައި ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ ޤައުމީ ޕްރޮގްރާމެއް މިދިޔަ ފެބްރުއަރީގައި ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމުތަކެއް ޤާއިމުކުރުމެވެ.
މި ޕްރޮގްރާމްގެ ދަށުން ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ނައްތާލެވޭނެ ސަރަޙައްދީ މަރުކަޒުތަކެއް ތަރައްޤީކުރުމާއި، ސަރަޙައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް