މި އަހަރުން ފަށައިގެން ޑަބްލިޔުޑީސީ މެންބަރުންނަށް ރޯދަ އިނާޔަތް ދެނީ

2022: މާލޭ ސިޓީގެ އަންހެނުންގެ ކޮމެޓީގެ މެންބަރުން --

ރައްޔިތުންގެ މަޖިލީސް ދެން އަންނަ ދައުރަށް ހުޅުވޭ ފުރަތަމަ ހަފުތާ ތެރޭ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް ހުށަހަޅަންޖެހޭ އިސްލާހު، ހުށަހަޅުއްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގދ. ވާދޫ ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެލަވަންސް ދިނުމަށް ޓަކައި ވަޒީފާއާބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެގޮތުން މި ދެ އިސްލާހުގެ ތެރޭގައި މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަން އެ އެގޮތުން މިހާރު އެލަވަންސެއްގެ ގޮތުގައި ފައިސާ ދެމުންދާތީ، އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަން ހަމަޖައްސައިދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް އެ މަނިކުފާނުގެ ވާހަކަފުޅުގައި ތަފްސީލު ކޮށްދެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، މި ބަދަލަކީ މިދިޔަ އެއް އަހަރުތެރޭ އެ މަނިކުފާނަށް ބައްދަލުކުރެއްވުނު އަންހެނުންގެ ކޮމެޓީ ތަކަކުންވެސް އެދިލެއްވި އެއް ކަމެއް ކަމުގައި ވިދާޅުވި އެވެ.

އެގޮތުން މި އިސްލާހުތައް ގެނެސް އަންނަ ރޯދަ މަހުން ފެށިގެން ކޮންމެ ރަމަޟާން މަހެއްގައި ވެސް އަންހެނުންގެ ކޮމެޓީ ތަކުގެ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ލިބޭނެ ކަމަށާއި އަދި އެ އެލަވަންސަކީ މުސާރަ ލިބޭ އެހެން މުވައްޒަފުންނަށް ލިބޭ ކަހަލަ މުސާރައިގެ ހައިސިއްޔަތު ލިބިފައިވާ އެއްޗަކަށް ބަދަލުކުރެވޭނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އަދި އެކަމުގެ ސަބަބުން ފުލްޓައިމްކޮށް ވަޒީފާއަށް ނުކުންނަން ނުޖެހޭނެ ކަމަށާއި، މިހާރުވެސް މަސައްކަތް ކުރާ އުސޫލުން މަސައްކަތް ކުރުމުން އެ އިނާޔަތްތައް ލިބޭނެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

އަންހެނުންނަކީ ކޮންމެ ރަށެއްގެވެސް ރަށު ތަރައްގީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް ކަމަށްވާއިރު، އެކަމުގެ އަގުވަޒަންކުރައްވަން ބޭނުންފުޅުވާކަމުގައި ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އެކަމުގައި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށާއި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމާ އެކީގައި، އެއް ހައިސިއްޔަތެއް ލިބިގެން، ރަށުގެ އަދި ގައުމުގެ ތަރައްގީއަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހެދުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެއް ކަމަށާއި އެކަމަކީ ސަރުކާރުން ގެންގުޅޭނެ ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން މަތިފަޑީގައި، ޓޮޕް މެނޭޖްމަންޓުގައި އަންހެންނަށް ޖާގަ ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ ހުރިހާ ސަރުކާރުތަކާ އަޅާކިޔާއިރުގައި، މި ސަރުކާރުގައި ކުންފުނިތަކުގެ ވެރިން އަދި އެހެނިހެން އިސް ލެވެލްތަކުގައިވެސް އެންމެ ގިނަވާނީ އަންހެނުން ކަމަށާއި މީގެ ކުރިން އަންހެނަކު ލީޑް ނުކުރާ މުއައްސަސާތަކުގައި ގައުމީ ލެވެލްގައި ވެސް މިހާރު އަންހެނުން ތިބޭނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އަންހެނުން ކުރާ މަސައްކަތުގައި، އެ ދޭންވާ "ރެކޮގްނިޝަން" ދީ، ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

31 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy