ވީއައިއޭގައި އެކްސިޑެންޓެއް ހިނގުން / ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މިއަދު ހެނދުނު 9:45 އެހާކަންހާއިރު ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓުގައި ކާރަކާއި ޕިކަޕެއް ޖެހި، ކާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ މަންޒަރު މީސްމީޑިއާގައި ދައުރުވަމުންދެއެވެ.
ފުލުހުން ބުނާ ގޮތުގައި މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށާއި ފަހަތު ސީޓުގައި އިން މީހާއަށް އަނިޔާވެފައިވެއެވެ. ކާރު ދުއްވަން އިން މީހާއަށް ފަރުވާދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް ފަހަތު ސީޓުގައި އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށާއި އޭނާއަށް ފަރުވާދީފައިވަނީ އެއާޕޯޓު ކްލިނިކުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ކާރު ދުއްވަން އިން މީހާއަށް ކުއްލި ސިއްޙީ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ކަމަށް ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާކުރެވެއެވެ.
"މިއަދު ހެނދުނު 10 ޖަހާކަންހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓެކްސީއެއް ކޮންޓުރޯލް ނުކުރެވި ގޮސްވަނީ އެކްސިޑެންޓެއް ހިނގައިފައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްޙީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާ ކުރެވެއެވެ. ޙާދިސާ ހިނގިގޮތް އިތުރަށް ބަލަމުންދާވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ" އެމްއޭސީއެލު އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ފުލުހުން ބުނާ ގޮތުގައި ޕިކަޕުގައި ޖެހުމުގެ ކުރިން ކާރު ރޯޑް ޑިވައިޑާތަކާއި ވޭނެއްގައި ވެސް ޖެހުނެވެ. މި އެކްސިޑެންޓުގެ ކަންތައްތައް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް