މޯލްޑިވިއަންގެ 2 ވަނަ ވައިޑް-ބޮޑީ ބޯޓުގެ އުދުހުންތައް އޮކްޓޫބަރުގައި ފަށާނެ: ރައީސް މުއިއްޒު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330ގެ އުދުހުންތައް މި އަހަރުގެ އޮކްޓޫބަރުމަހުގައި ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ރާއްޖެ ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި އައު ބޯޓުތަކާއެކު ޗައިނާގެ ބެއިޖިން، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ވިދާޅުވީ މި އައު މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ އިތުރު ޓޫރިސްޓުން ރާއްޖެއަށް ގެނެސް، އިޤްތިޞާދު ފުޅާކުރުމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި އަހަރުގެ ތެރޭގައި ޗައިނާއާއި ޔޫރަޕްގެ މަންޒިލްތައް ހިމެނޭހެން އިތުރު ހަތް މަންޒިލަކަށް ދަތުރުތައް ފަށަން މޯލްޑިވިއަންއިން ވަނީ ނިންމައިފައެވެ. މިހާރު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އޮތްއިރު، މި އައު ބޯޓުތަކާއެކު ދިގު ދަތުރުތަކަށް ޚާއްޞަ ބޯޓުތައް ލިބި، ސީދާ ދަތުރުތައް ފެށުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 24 ބޯޓު އެބައޮތެވެ. އެއީ، އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި ޑޭޝް މަރުކާގެ އަށް ބޯޓާއި އޭޓީއާރުގެ ހަތަރު ބޯޓާއި ސީ ޕްލޭންގެ 11 އޭޓީއާރްގެ ހަތަރު ބޯޓާއި ޑޭޝް ޓުވިން އޮޓާގެ 11 ބޯޓެވެ. މި ވަގުތު ބޭރު ދަތުރުތައް ކުރުމަށް ބޭނުންކުރަނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

51 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy