ޙައްޖަށް މީހުން ފޮނުވުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސް ނިންމަވައިފި

ހައްޖަށް މީހުން ގެންދިއުމުގައި ހައްޖު ކޯޕަރޭޝަނުން މުހިއްމު ދައުރެއް އަދާކުރޭ

ރާއްޖެއިން ޙައްޖަށް މީހުން ފޮނުވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ބަދަލުތަކާއެކު، ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭ ގޮތަށް އަންނަ އަހަރުން ފެށިގެން ޢަމަލުކުރެވޭނެއެވެ.

އައު އުސޫލުގެ ދަށުން، އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށް ޙައްޖު ކޯޕަރޭޝަނުގެ ކޯޓާގެ ވަކި އިންސައްތައެއް ކޮންމެ އަހަރަކު ޚާއްޞަކުރެވޭނެއެވެ.

75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްޙީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް ޚާއްޞަ އިނާޔަތްތަކެއް ލިބޭނެއެވެ. ނަމަވެސް، އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައި ނެތް ފަރާތެކެވެ.

ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން ފަސް އަހަރު ވުމުންނެވެ. މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމެވެ.

މިހާރު ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ކިޔޫގައި 9,115 މީހުން ތިބިއިރު، އޭގެ ތެރެއިން 8,623 މީހުންނަކީ އަލަށް ޙައްޖަށް ދިއުމަށް އެދިފައިވާ ފަރާތްތަކެވެ. މި ބަދަލުތަކާއެކު، މި ފަރާތްތަކަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

56 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy