ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ރާއްޖެއިން އަލަށް ހައްޖަށް ދާ މީހުންނަނަށް އިސްކަންދޭ ގޮތަށް ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ނިންމުން ނިންމީ ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށް ފަހު ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި މީހުންގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށް ފަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ކަމަށެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް ފައިސާ ދައްކާ ތަރުތީބުން ފުރުޞަތު ދިނުމުގެ އައު އުސޫލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިނެނެނީ
އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން.
ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ހާއްސަކުރުން
ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން.
ފަރުޟު ހައްޖުވެފައިވާ މީހުންނަށް ދެން ފުރުސަތު ލިބޭނީ އެންމެ ފަހުން ހައްޖު ވިތާ ހިޖުރީ ސަނަތުން ފަސް އަހަރުވުމުން
އެކަމަކު، ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެހީތެރީންގެ ގޮތުގައި ގެންދާ މީހުން އެ ހާލަތްތަކުން އިސްތިސްނާ ވާނެއެވެ.
އޭގެ އިތުރުން ފަރުޟު ހައްޖު އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަން ޖެހޭ މީހުންނަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދޭން ނިންމާފައިވެ އެވެ.
ނަމަވެސް، އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ލިސްޓުގައި އާއިލާ މީހަކު ހިމެނޭ ނަމަ އެ މީހެކެވެ. އެ ނޫން މީހަކު ގެންދާ ނަމަ ގެންދަން ޖެހޭނީ އަލަށް ހައްޖުވާ މީހެކެވެ.
ކުރިން ހައްޖުވެފައިވާ މީހަކު ގެންދެވޭނީ އެ ނޫން ހާލަތެއް ނެތް ނަމަ އެވެ.
ރައީސް އޮފީހުން ބުނީ ހައްޖު ކޯޕަރޭޝަނަށް ފައިސާދައްކައިގެން ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރު ވީނަމަވެސް ފަރުޟު ހައްޖު އަދާ ކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް