ކުރިއަށް އޮތް 2 ދުވަސް ތެރޭގައި މަޑުމަޑުން މޫސުން ރަނގަޅުވާން ފަށާނެ: މެޓު އޮފީސް

އިއްޔެއަކީ މި ފަހަކަށް އައިސް މޫސުން އެންމެ ގޯސްވި އެއްދުވަސް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދުވެސް މެދުރާއްޖެ ތެރެއަށާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރި ނަމަވެސް، ކުރިއަށް އޮތް ދެ ދުވަސް ތެރޭ މޫސުން މަޑުމަޑުން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓު އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ މޫސުން މަޑުމަޑުން ރަނގަޅުވާން ފަށާނެ ކަމަށެވެ. އަދި އެހާތަނަށް ކަނޑުތައްވެސް މަޑުވާން ފަށާނެ ކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.

މިއަދުގެ ހަވީރު 6 އާ ހަމައަށް އުތުރާއި މެދުރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން ރަނގަޅުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރިއެވެ. އަދި ރާޅުގެ އުސްމިން 4-6 ފޫޓަށް ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

އިއްޔެ ކުރި ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ހުޅުލެއަށް ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. ހުޅުލެއަށް 144 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑުކޮށްފައިވާއިރު، މާލެއަށް 142.2 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވެއެވެ. މީގެ އިތުރުން ހުޅުމާލެ، އދ. މާމިގިލި އަދި އއ. ތޮއްޑޫއަށްވެސް ބޯކޮށް ވާރޭވެހިފައިވާ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

38 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy