އިންޑިއާގައި އަހަރެއްގެ މައްޗަށް ރޭޕުގެ އެތައް ހާދިސާއެއް ހިންގާފައިވޭ
އިންޑިޔާގައި 6 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އިންޑިޔާގެ ފުލުހުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަމަރް ޕްރަތާޕް (30) އެވެ.
މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު އެ ކުއްޖާ ދިރިއުޅޭ ގޭގެ ބޭރުގައި ކުޅެން ހުއްޓައެވެ. ޕްރަތާޕްގެ މައްޗަށް ތުހުމަތުކުރެވެނީ އެ ކުއްޖާ ގޮވައިގެން އޭނާގެ ގެއަށް ގެންގޮސް ރޭޕްކުރި ކަމަށެވެ.
އެޑިޝަނަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (އޭއެސްޕީ) ނަމްރަތާ ސްރީވާސްތަވާ ވިދާޅުވި ގޮތުގައި، ހާދިސާއަށްފަހު އެ ކުއްޖާ ގެއަށް އައިސް ކުއްޖާގެ އާއިލާއަށް މިކަން އަންގައި، އާއިލާއިން ފުލުހުންނަށް މި މައްސަލަ ރިޕޯޓުކުރިއެވެ.
"އާއިލާގެ ޝަކުވާގެ މައްޗަށް ބިނާކޮށް މައްސަލައެއް ރަޖިސްޓްރީކޮށް ޕްރަތާޕް ވަނީ ހައްޔަރުކޮށްފައި. މި ވަގުތު އިތުރަށް ތަޙްޤީޤު ކުރިއަށްދަނީ،" އޭއެސްޕީ ސްރީވާސްތަވާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އިންޑިޔާގެ އާންމުން ވަނީ ބޮޑަށް ކަންބޮޑުވެފައެވެ. އިންޑިޔާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ރޭޕްކުރުމާއި މީހުން މެރުން ރެކޯޑް ކުރެވިފައިވާ އެއް ގައުމުކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ގިނަ ބަޔަކު ގޮވާލަމުންދެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް