ކްލަބް ޕޯލްސްޓާރގެ ރައީސް ޝުޖާޢު
ބޮޑުތިލަދުންމަތީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް މައިކަޕް، ރަވާ އިންތިޒާމު ކުރަނީ އިހަވަންދޫ ކްލަބް ޕޯލްސްޓާރ އެވެ. މިއީ 25 އަހަރު މެދުކެނޑުމެއް ނެތި އިހަވަންދޫގައި ހިންގަމުން އަންނަ މަދަނީ ޖަމްޢިއްޔާއެކެވެ.
މި އަހަރަކީ ކުލަބް ޕޯލް ސްޓާރގެ ރިހިޔޫބީލް ފާހަގަ ކުރާ އަހަރެވެ. މައިކަޕްގެ 14 ވަނަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕޯލްސްޓާރގެ ރައީސް މުޙައްމަދު ޝުޖާޢު ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވިގެން މިދަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާ އެކު ކަމަށެވެ. އެގޮތުން މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ބިއުޓިފުލް ބްލޫގެ ނަން ޝުޖާޢު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މުބާރާތުގެ ހުރިހާ ސްޕޮންސަރުންނަށް ޝުޖާޢު ވަނީ ޝުކުރު ދަންނަވާފައެވެ.
މިރޭގެ ފައިނަލް މެޗްގައި ބައްދަލު ކުރަނީ އެންވީކޭ އަދި ކުޅިމަގެވެ. މިއީ މިމުބާރާތުގެ ފައިނަލްގައި އެންވީކޭ ކުޅޭ 5 ވަނަ ފަހަރެވެ. އެއީ ނަމަވެސް އެޓީމަށް މިމުބާރާތް ކާމިޔާބުކުރެވިފައިވަނީ އަދި 1 ފަހަރުއެވެ. ސަޕޯޓަރުންގެ ސްކޯ ޕްރެޑިކްޝަން އަށް ބަލާއިރު މި މުބާރާތް ކާމިޔާބު ކުރުން އެންމެ ގާތީ ކުޅިމަގެވެ.
ބިއުޓިފުލް ބްލޫ މައިކަޕް 2024، ފުޓްބޯޅަ މުބާރާތުގައި 6 ރަށަކުން 9 ޓީމް ވަނީ ބައިވެރިވެފައެވެ. މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ.
2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ. މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް