—
މިއީ އެއްގޮތަކަށްވެސް އާދައިގެ ފައިނަލެއް ނޫނެވެ. އެއްބަފާ ދެބެން ކަމަށްވާ ރައްޒާޤުބެއާއި ޣައްފާރުބެސް މި ފައިނަލް ސިފަ ކުރަނީ ތާރީޙީ ފައިނަލެއްގެ ގޮތުގައެވެ . މި ފައިނަލް އެތައް ގޮތަކުން ހާއްޞައެވެ.
ބޮޑުތިލަދުންމަތީގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތުގެ ޙަޔާތުން 14 އަހަރު ވީއެވެ. މި މުބާރާތުގެ ބާނީ އަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ(މުޙައްމާ) އެވެ. މުޙައްމާގެ ބައްޕަ އަކީ، އަލްމަރްޙޫމް ޢަބްދުﷲ މުޙައްމަދެވެ.
މިއަދުގެ ފައިނަލްގައި އެއްކޮޅުން ވާދަ ކުރާ ކުޅިމަގުގެ ބާނީ ޢަބްދުލްޣައްފާރު އަކީ އަލްމަރްޙޫމް ޢަބްދުﷲ މުޙައްމަދުގެ ދެވަނަ ފިރިހެން ދަރިއެވެ. ފައިނަލްގައި އަނެއްކޮޅުން ވާދަ ކުރާ އެންވީކޭގެ ބާނީ ޢަބްދުއްރައްޒާޤަކީ އަލްމަރްޙޫމް ޢަބްދުﷲ މުޙައްމަދުގެ ދޮށީ ފިރިހެން ދަރިއެވެ.
އެހެންކަމުން މި ފައިނަލް އެންމެ ބޮޑަށް ހާއްޞަވާ ފަރާތަކީ މުޙައްމާއެވެ. މައިކަޕްގެ ފައިނަލް މެޗަށް މުޅި އިހަވަންދޫ ތައްޔާރުވެފައިވާއިރު މިރޭގެ މެޗް ޝަރަފުވެރިކޮށްދެއްވާނީ ސްޕޯޓްސް މިނިސްޓަރ ރާފިޢު އެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ. މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ.
ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް