ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފި

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު --

ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަދުން ފަށައިގެން އަމަލު ކުރަން ފަށައިފި އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާއެކު ރާއްޖެއިން ސޮއި ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އޭގެ ހަތަރު ވަރަކަށް އަހަރު ފަހުން އެފްޓީއޭއަށް މަޖިލީހުން ރުހުން ދިނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގަ އެވެ.

އެހެން ނަމަވެސް އެއަށްފަހު، އެމްޑީޕީ ވެރިކަމުގައި ތަފާތު ބަހަނާތައް ދައްކައިގެން އެ އެއްބަސްވުމަށް އަމަލުކޮށްފައި ނުވެ އެވެ.

މިއަދު އަމަލު ކުރަން ފެށި އެފްޓީއޭގެ ސަބަބުން ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ބާވަތް ތަކުން، ސުން ރޭޓުގައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ އެވެ. އޭގެ ތެރޭގައި، ދިވެހި މަހުގެ 296 ބާވަތެއް ހިމެނޭނެ އެވެ. އަދި އިމާރާތް ކުރުމަށް ބޭނުން ކުރާ ގިނަ ބާވަތް ތަކާއި އަދި 7،000 ވުރެ ގިނަ އެހެނިހެން އައިޓަމުން ޑިއުޓީ މައާފު ވާނެ އެވެ.

އޭގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ޑޮލަރުގެ ބަދަލުން ދިވެހި ރުފިޔާ އާއި ޗައިނާ ޔުއާން ބޭނުންކުރެވޭ ގޮތް މަގުފަހިވާނެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމަށް އަމަލު ކުރަން ފެށުމުން ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ އެވެ. މިހާރުވެސް އެ ގައުމާ އެކު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރަމުން އެބަދެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

36 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy