2025 ވަނަ އަހަރަކީ ތިޔާގިކަމާއި ތަރައްޤީގެ އަހަރަކަށް ވާނެ: ރައީސް މުއިއްޒު

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

2025 ވަނަ އަހަރަކީ އެންމެން ގުޅިގެން ޤައުމީ ތަރައްޤީގައި އެއް އަމާޒަކަށް ދަތުރުކޮށް، ޤައުމަށް ތިޔާގިކަން ގެނެސްދޭނެ އަހަރަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މީލާދީ އާ އަހަރުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ 2025 ވަނަ އަހަރު ހިމެނިގެންދާނީ ތަރައްޤީގެ އަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައި ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފެށޭނެ ކަމަށާއި، އޭގެ ނަތީޖާއަކަށް ވާނީ އިޤްތިޞާދީ ފުދުންތެރިކަން އިއާދަވާން ފެށުމާއި، މަސައްކަތްތެރިންނަށް ފުރުޞަތުތައް ހުޅުވިގެން ދިއުން ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ދިވެހި ދައުލަތަކީ ކަނޑައެޅިފައިވާ އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެކެވެ. މި އަމާޒުތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތު ދިފާޢުކުރުމާއި، ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމާއި، ބޭސްފަރުވާއާއި އަސާސީ ޚިދުމަތްތައް ތަރައްޤީކުރުން ހިމެނެއެވެ.

ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމާއި، ވަޢުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުމާއި، ރައްޔިތުންނާ އެންމެ ގާތުގައި ވުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އިލްތިމާސްކުރެއްވީ އާ އަހަރުގައި ކޮންމެ ރައްޔިތަކުވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށާއި، ޞުލްޙަ މަޞްލަޙަތު އިސްކުރުމަށެވެ. އަދި ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި އިޙްތިރާމާއި ކުލުނުވެރިކަން ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ޚިތާބު ނިންމަވާލެއްވީ އޯގާވަންތަ ﷲ އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވައި، މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލެހެއްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

31 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy