ހުޅުމާލޭގައި ޑްރޯން ޝޯއަކާއެކު އާ އަހަރުގެ ފެސްޓިވަލް ފަށައިފި

ރޭގެ ހަރަކާތުގެ ތެރޭގައި ހަވާއެރުވުންވެސް ހިމެނޭ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ 8:00 ގައި "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ގެ ނަމުގައި އާ އަހަރު ފެށުން ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ފެސްޓިވަލެއް ފަށައިފިއެވެ.

މި ފެސްޓިވަލްގައި އާންމުކޮށް ރާއްޖޭގައި ނުފެންނަ ފަދަ ޑްރޯން ޝޯއެއް ބޭއްވުމާއެކު، ކާބޯތަކެއްޗާއި ސަގާފީ ސްޓޯލްތައް ވެސް ހިމެނެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންތިޒާމުކޮށްގެން ބާއްވާ މި ފެސްޓިވަލް ކުރިއަށްދާނީ މި ރޭގެ ނިޔަލަށެވެ. މި ފެސްޓިވަލްގެ މައިގަނޑު ސްޕޮންސަރަކީ އޫރިދޫއެވެ.

ފެސްޓިވަލްގެ ފުރަތަމަ ރޭ ބޭއްވުނު ޑްރޯން ޝޯގައި ރާއްޖޭގެ ސަގާފަތާއި ފަތުރުވެރިކަމާ ގުޅުން ހުރި މަންޒަރުތައް ދައްކުވައިދިނެވެ. މީގެ އިތުރުން ބޮޑުބެރުގެ ހުށަހެޅުންތަކާއި، ދަފި ނެގުން ފަދަ ސަގާފީ ހަރަކާތްތަކާއި، މަޝްހޫރު ކޮމީޑިއަން ނާޒިމް ޝިހާމް (ކާއްޓޭ) ގެ ސެގްމަންޓެއް ވެސް ގެނެސްދީފައިވެއެވެ.

އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން މި ފެސްޓިވަލްގައި ހަވާއެރުވުން ވެސް ކުރިޔަށް ގެންދިޔައެވެ. އަދި ކާބޯތަކެއްޗާއި އާޓްސް އެންޑް ކްރާފްޓްސް ސްޓޯލްތަކުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

މިއަދު މި ފެސްޓިވަލް ކުރިޔަށްދާނީ އާއިލާތަކަށް ޚާއްސަ ގިނަ ހަރަކާތްތަކާއެކު، ހަވީރު 4:00 އިން ރޭގަނޑު 10:00 ގެ ނިޔަލަށެވެ. މިއަދުގެ ހަރަކާތްތަކުގެ ތެރޭގައި ފުލުހުންނާއި ފަޔާ ޓްރަކްގެ ހުށަހެޅުމަކާއި ކްލައިމްބިން ވޯލް އާއި ބައުންސް ހައުސް އަދި ޓްރާންސްފޯމާސް ޑިސްޕްލޭއެއް ވެސް ހިމެނެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

51 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy