އެޗްޓީއެސްއަކީ ޓެރެރިސްޓް ޖަމާއަތެއް ގޮތުގައި އޮތްއޮތުން ރާއްޖެއިން ދަމަހައްޓައިފި

އެޗްޓީއެސް ޖަމާއަތުގެ ލީޑަރު އަބޫ މުޙައްމަދު އަލް ޖޮލާނީ އަދި ބައެއް ހަނގުރާމަވެރިންނާ ބައްދަލު ކުރަނީ -

ސީރިއާގައި 24 އަހަރު ވަންދެން ވެރިކަން ކުރެއްވި ބައްޝާރު އަލް އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، އެ ގައުމުގެ ވެރިކަމާ ހަވާލުވި ހަޔިއަތު ތަހުރީރް އަލް-ޝާމް (އެޗްޓީއެސް) އަކީ ޓެރެރިސްޓް ޖަމާއަތެއް ކަމުގައި ރާއްޖޭން ނިންމާފައި އޮތްއޮތުން ރާއްޖެއިން މިއަދު އަނެއްކާ ވެސް ދަމަހައްޓައިފި އެވެ.

ރައީސް އޮފީހުން ބުނީ ޓެރެރިސްޓް ޖަމާއަތްތަކުގެ ލިސްޓު އެކުލަވައިލާ އާންމު ކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތީން ކަމަށެވެ.

އެ ގާނޫނުގެ ދަށުން އެޗްޓީއެސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ރާއްޖެއިން ކަނޑައެޅީ 2019 ވަނަ އަހަރެެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު އާންމު ކުރި ޓެރެރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ވެސް އެ ޖަމާއަތުގެ ނަން ހިިމަނާފައިވެ އެވެ.

ސަރުކާރުން ވަނީ ޓެރެރިސްޓް ޖަމާއަތް ތަކުގެ ލިސްޓް އަލުން މިއަދު ގެޒެޓު ކޮށްފަ އެވެ.

ނަމަވެސް މިއަހަރު ވެސް ޓެރަރިސްޓް ޖަމާއަތް ތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

އެގޮތުން އެޗްޓީއެސްއާއެކު 20 ޖަމާއަތެއް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވެ އެވެ. އަދި ސީރިއާ އަށް ދިވެހިން ދަތުރު ކުރުން މަނާކޮށްފައި އޮތްއޮތުން ވެސް ރާއްޖެ އިން ވަނީ ދަމަހައްޓާފަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

56 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy