ހަންގޭރީގައި ކިޔެވުމަށް 25 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފި

މަތީ ތައުލީމަށް ކިޔެވުމަށް ޝައުގުވެރިވާ ކުދިން ވަރަށް ގިނަ

ހަންގޭރީގައި ކިޔެވުމަށް 25 ސްކޮލަރޝިޕަކަށް އެދުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްތަކުގައި ހިމެނެނީ ބެޗްލަރސް، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތަކެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ކުރި އިޢުލާނުގައިވާ ގޮތުން، މި ސްކޮލަރޝިޕްތަކުގައި ކިޔަވަން ޖެހޭނީ ހަންގޭރީގެ ޔުނިވަރސިޓީތަކުގައެވެ. ބެޗްލަރސް ޑިގްރީއަށް 8 ފުރުޞަތު، މާސްޓަރސް ޑިގްރީއަށް 14 ފުރުޞަތު އަދި ޕީއެޗްޑީއަށް 3 ފުރުޞަތު ވަނީ ހަމަޖެހިފައެވެ.

ކޮންމެ ދަރިވަރަކަށްވެސް ހުށަހެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަކަށެވެ. ސްކޮލަރޝިޕަށް އެދޭ ދަރިވަރުން ވުޒާރާއިން ޝޯޓްލިސްޓްކުރުމަށްފަހު، ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން ކަނޑައަޅާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ދެކޮޅު ޓިކެޓާއި ވިސާގެ ޚަރަދު މަތީ ތަޢުލީމާބެހޭ ވުޒާރާއިން ހަމަޖައްސައިދޭނެއެވެ. އަދި ކޯސް ފީ، ޓިޔުޝަން ފީ، މެޑިކަލް އިންޝުއަރެންސް އަދި ދިރިއުޅުމުގެ ޚަރަދުން ބައެއް ސްކޮލަރޝިޕް ދޭ ފަރާތުން ހަމަޖައްސައިދޭނެއެވެ.

ސްކޮލަރޝިޕްތަކަށް އެދެވޭނީ މަތީ ތަޢުލީމާބެހޭ ވުޒާރާގެ މައި އެޑިޔު ޕޯޓަލް މެދުވެރިކޮށެވެ. ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ 2024 ޖެނުއަރީ 15 ވަނަ ދުވަހުގެ 14:00 އެވެ. ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވޭނެ ދާއިރާތަކާއި ޝަރުތުތައް ވުޒާރާގެ އިޢުލާނުގައި ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

44 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy