ސޫރިއާގެ އާ ޚާރިޖީ ވަޒީރުގެ ފުރަތަމަ ދަތުރު ސައުދީ އަރަބިއާއަށް

ސޫރިއާގެ އައު ޚާރިޖީ ވަޒީރު ޢަސްޢަދު ޙަސަން އަލް ޝައިބާނީ

ސޫރިއާގެ އައު ސަރުކާރުގެ އައު ޚާރިޖީ ވަޒީރު ޢަސްޢަދު ޙަސަން އަލް ޝައިބާނީގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ސައުދީ އަރަބިއާއަށް ކަމަށް އޭނާ ހާމަކުރައްވައިފިއެވެ.

މި ދަތުރުފުޅު ކުރުމަށް ހަމަޖެހިފައިވަނީ އާ އަހަރުގެ ފުރަތަމަ ހަފުތާގައެވެ.

ޝައިބާނީ ވަނީ ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން ބިން ޢަބްދުﷲ ގެ ދަޢުވަތު ޤަބޫލުކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނުގެ ޤައުމު ތަމްސީލުކުރުމަކީ ލިބުނު ޝަރަފެއް ކަމަށް ވިދާޅުވެފައިވެއެވެ.

ސޫރިއާގެ ވަގުތީ ސަރުކާރުން ޝައިބާނީ ޚާރިޖީ ވަޒީރުކަމަށް އައްޔަންކުރެއްވީ މި މަހުގެ 21 ވަނަ ދުވަހުއެވެ. މި ދަތުރުފުޅާ ގުޅިގެން ސަރަހައްދުގެ ގައުމުތަކުން ވަނީ ސޫރިއާއާ އަލުން ގުޅުން ގާއިމުކުރުމުގެ އިޝާރާތްތަކެއް ކޮށްފައެވެ.

ކުވޭތުގެ ޚާރިޖީ ވަޒީރު އަބްދުﷲ އަލް ޔަހްޔާ ވަނީ ސޫރިއާގެ ވަގުތީ ލީޑަރު އަޙުމަދު އަލް ޝަރާއާ ބައްދަލުކުރައްވައި، ސަރަހައްދީ ތަރައްގީތަކާއި އެއްބާރުލުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސޫރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައިވެއެވެ.

ސޫރިއާގެ އާ ސަރުކާރަށް ތާއީދުކުރުމަށް ގިނަ ގައުމުތަކުގެ މަންދޫބުން އެ ގައުމަށް ޒިޔާރަތްކުރަމުންދާކަން ފާހަގަކުރެވެއެވެ. މިއީ ސޫރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު އައިސްފައިވާ ބަދަލުތަކެކެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

55 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy