ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ޚިދުމަތް ފެށުމަކީ މި ސަރުކާރުގެ މުހިއްމު އެއްވައުދު
ގައުމީ އެއަރލައިން، މޯލްޑިވިއަންއަށް ގެންނަ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ދައްކާލުމަށް އެއަރ ޝޯވއެއް ބާއްވަން ހަމަޖައްސައިފިއެވެ. މި އެއަރ ޝޯވ އޮންނާނީ ޖެނުއަރީ 6 ވަނަ ދުވަހު މާލޭގެ އުސްފަސްގަނޑު ސަރަޙައްދާއި ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހި ހިމެނޭ ސަރަޙައްދުގައެވެ.
މޯލްޑިވިއަންއަށް ގެންނަ އެއަރބަސް އޭ-330 މަރުކާގެ މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. މިއީ މިހާތަނަށް ރާއްޖޭގެ ޤައުމީ އެއަރލައިނަށް ގެންނަ އެންމެ ބޮޑު މަތިންދާބޯޓެވެ.
މި ބޯޓުގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަންއިން އަންނަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ. އެންމެ ފުރަތަމަ ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ފެށުމަށްފަހު ޔޫރަޕަށްވެސް ދަތުރުތައް ފެށުމަކީ މޯލްޑިވިއަންގެ އަމާޒެކެވެ.
މި ބޯޓާއެކު އިތުރު 60،000 ފަސިންޖަރުން ކޮންމެ އަހަރަކު ރާއްޖެ ގެނެވޭނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ. މި ބޯޓުގައި އިކޮނޮމީ، ބިޒްނަސް އަދި ޕްރިމިއަމް ކްލާސްގެ ޚިދުމަތް ލިބެން ހުންނާނެއެވެ.
މޯލްޑިވިއަންގެ ފްލީޓްގައި މިވަގުތު 20އަށްވުރެ ގިނަ މަތިންދާބޯޓު ދަނީ ބޭނުންކުރަމުންނެވެ. ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނައުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް