މޯލްޑިވިއަންގެ ފްލައިޓެއް --
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާ ބޯޓަށް މަރުހަބާ ކިޔުމަށް އެއާ ޝޯއެއް ބާއްވަން ނިންމައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިިވިއަނުން މިއަދު ބުނީ އެ ކުންފުނީގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާ ބޯޓަށް މަރުހަބާ ކިޔުމަށް ހާއްސަ އެއާ ޝޯއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މި ޝޯ ކުރިއަށް ގެންދާނީ އަންނަ ހޯމަ ދުވަހު އެވެ.
މާލެ އަދި ހުޅުމާލޭގައި މި އެއާ ޝޯ ބާއްވާނީ ހަމަ އެ ދުވަހުގެ ހަވީރު 5:00 އިން 5:30 އަށެވެ. އެއީ މާލޭގެ އުސްފަސްގަނޑުގެ އިތުރުން، ހުޅުމާލެ އެކެއް އަދި ދޭއްގެ އިރުމަތީ ފަރާތު އަތިރިމަތީ ސަރަހައްދުގަ އެވެ.
ގައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާ ކުރުމަށް ވައިޑް ބޮޑީ އެއާ ކްރާފްޓް ތަކެއް ގެންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ބަނޑޮސް ރިސޯޓްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މެދު ތެރޭގައި ކުރިއަށް ގެންދިޔަ ރިސޯޓްތަކުގެ ޖީއެމް ފޯރަމް ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އެ ފަހަރު ވިދާޅުވީ އެހާ ބޮޑެތި މަތިންދާ ބޯޓު ތަކެއް ގެނައުމުގެ މަގުސަދަކީ ޗައިނާގެ މާކެޓާއި ދުނިޔޭގެ އެކި ކަންކޮޅު ތަކުން ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުން އިތުރު ކުރުން ކަމަށެވެ.
އޭގެ އިތުރުން އެ އިންވެސްޓްމަންޓާއެކު މޯލްޑިވިއަން ތަރައްގީކޮށް އޮޕަރޭޝަންތައް ފުޅާކޮށް، އެ ކުންފުންޏަކީ އަނެއްކާ ވެސް ފަތުރުވެރި ކަމަށް ފައިދާ ހުރި ވިޔަފާރި އަކަށް ހެދުމުގެ އިތުރުން ގައުމީ ތަރައްގީއަށް ބޭނުންވާ އާމްދަނީ ހޯދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެ ގެންނަނީ ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާ ބޯޓް ކަމުގައިވާ އެއާބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާ ބޯޓެކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް