ދެކުނު ކޮރެއާގެ ފްލައިޓެއް ވެއްޓި އެތައް ބަޔަކު މަރުވުމުން ރައީސް މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައި
މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި ހިނގައި ދިޔަ ހިތާމަވެރި ހާދިސާއާ ގުޅުވައިގެން ރައީސް ޑދ. މުޙައްމަދު މުއިއްޒު، ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަން މޮކްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
ދެކުނު ކޮރެއާގެ ޖެޖޫ އެއާގެ މި ފްލައިޓު ގޮވައި އަލިފާން ރޯވީ އެ ގައުމުގެ މުއާން އިންޓަނޭޝަނޮަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މަތިން ކަހާލައިގެން ގޮސް ފާރުގައި ޖެހިގެންނެވެ.
އާދިއްތަ ދުވަހުގެ ރޭ ހިނގި މި ނުރައްކާތެރި ހާދިސާގައި 179 މީހުން މަރުވެފައިވާއިރު، އެ ބޯޓުގައި މުޅިއެކު 181 ޕަސެންޖަރުން ތިއްބެވެ. އެމީހުގެ ތެރެއިން ދިރި ތިއްބާ ސަލާމަތް ކުރެވުނީ ބޯޓުގެ ދެ ކުރޫންނެވެ.
ހިތާމަވެރި މި ހާދިސާއާ ގުޅުވައި ދެނުކު ކޮރެއާގެ ވަގުތީ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވި މެސެޖުގައި، މަތިންދާ ބޯޓު ވެއްޓި ހިނގައި ދިޔަ ހިތާމަވެރި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވެ އެވެ.
އެ މަނިކުފާނުގެ މެސެޖުގައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ކޮރެއާ ސަރުކާރަށާއި ރައްޔިތުންނަށް، ހާއްސަ ގޮތެއްގައި މި ހާދިސާގެ ސަބަބުން އަސަރު ކުރި ފަރާތް ތަކަށް ވަރަށް އިހުލާސްތެރި ކަމާ އެކު ތައުޒިޔާ ވިދާޅުވެފައިވެ އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުން ތަކުން އަރައި ގަތުމަށް ކުރަމުން އަންނަ މަސައްކަތް ތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިއްވަރާއި ސާބިތު ކަމަށް އެދިވަޑައިގަންނަވަމުންނެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް