ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ބަލައި ފިޔަވަޅު އެޅުމަށް ޕީއެންސީން ގޮވާލައިފި

މި ސަރުކާރުން ކަރަޕްޝަނާއި ދެކޮޅަށް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

މިހާރު ތަޙުޤީޤުކުރަމުންދާ ކޮރަޕްޝަންގެ މައްސަލަތަކުގެ ހޯދުންތައް އަވަހަށް ހާމަކޮށް، މައްސަލަ ސާބިތުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮވާލައިފިއެވެ.

ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުޙައްމަދު މުޢިއްޒު އިންތިޚާބުކުރެވުނީ ކޮރަޕްޝަން ނައްތާލައި، ކުރީގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލާނެކަމުގެ އުންމީދުގައި ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކޮށްފައިވެއެވެ.

މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި ފުލުހުންގެ ތަޙުޤީޤުތަކުގައި ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށް ޕީއެންސީން ބުނެފައިވެއެވެ. އަދި މި ތަޙުޤީޤުތަކުގައި ކުރީގެ ސަރުކާރުގެ ވެރިންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ޕީއެންސީން ވަނީ ކޮރަޕްޝަނާ ގުޅޭ ތަޙުޤީޤުތައް އަވަސްކޮށް، ހޯދުންތައް ލަސްނުކޮށް ރައްޔިތުންނަށް ހާމަކުރުމަށާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގި ފަރާތްތަކާމެދު އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މި ބަޔާނުގައި ޕީއެންސީން ވަނީ ރައީސް މުޢިއްޒުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެ ޕާޓީގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ. އަދި ސަރުކާރުން ސާބިތުކޮށްދެމުންދަނީ އެއްވެސް ސިޔާސީ ނުފޫޒަކަށް ޖާގަނުދީ ކޮރަޕްޝަންގެ މައްސަލަތައް ބަލާނެކަން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

27 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy