ކަސްތަމްސްއިން އަތުލައިގަތް މަސްތުވާ ތަކެތި
ތައިލޭންޑުން ވައިގެ މަގުން ރާއްޖެ އައި ދެ ދިވެހިން، 2.4 ކިލޯގެ ޑްރަގާއެކު ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހައްޔަރުކުރެވުނީ 41 އަހަރާއި 21 އަހަރުގެ ދެ ފިރިހެނުންނެވެ.
މި ދެ މީހުންގެ އަމަލުތަކާމެދު ޝައްކުވެގެން ފާސްކުރުމުން، އެ މީހުންގެ ހަށިގަނޑުގައި ޑްރަގް ރައްކާކޮށްފައި ހުއްޓާ ފެނުނު ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. ފުރަތަމަ މަރުހަލާގެ ޓެސްޓުގައި 32 ގްރާމް ހެރޮއިނަށް އަދި 2.1 ކިލޯގެ މެފެޑްރޯނަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެއެވެ.
ކަސްޓަމްސްއިން ލަފާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 5.5 މިލިއަން ރުފިޔާއަށް އަރައެވެ. ކްރިމިނަލް ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ނަގައިފައެވެ.
ބަންދު އަމުރުގައިވާ ގޮތުން، މި ދެ މީހުން ރާއްޖެ އައިއިރު އަރައިގެން ހުރި އިސްޓާކީނުގެ ތެރެއިންނާއި ބޮކްސާ ތެރެއިން ޑްރަގް ފެނިފައިވެއެވެ. އަތުލައިގަތް ޑްރަގާއި އެތަކެތި އެތެރެކުރި ދެ މީހުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
މި ހާދިސާއަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަނެއްކާވެސް ހޯދުނު އެއް ކާމިޔާބީއެވެ. އަދި މިފަދަ ކުށްތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލެވިގެންދާކަން ފާހަގަކުރެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް