ބޮންޑެޑް ވެއާ ހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ގެއްލުނު މައްސަލަ ބަލަނީ

ހޯމް މިނިސްޓަރު އަލީ އިހުސާން --

ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓު ތަކެއް ބޮންޑެޑް ވެއާ ހައުސް އެއްގައި ރައްކާ ކޮށްފައި ވަނިކޮށް ގެއްލުނު މައްސަލައެއް ބަލަން ފަށައިފި އެވެ.

މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ގެއްލިފައި ވަނީ ގާތްގަނޑަކަށް 575 ކޭސް ސިނގިރޭޓެވެ. އޭގެ ތެރޭގައި ރާއްޖޭގައި އާންމުކޮށް ބޭނުން ކުރަމުން އަންނަ ތިން ބްރޭންޑެއްގެ ސިނގިރޭޓު ވެސް ހިމެނެ އެވެ.

މި ކަމާ ގުޅުވައިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ޓްވީޓާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޒަމާން ތަކެއް ވަންދެން ބޮންޑެޑް ވެއާ ހައުސްތައް މާލޭގެ އެކި ގެ ތަކުގައްޔާއި އެޕާޓްމަންޓް ތަކުގައި އައީ ހިންގަމުން ކަމަށާއި އެ ތަންތަނުގައި ދެ ތަޅު ހަރުކޮށް އެއް ތަޅުގެ ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސް ފަރާތުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސިނގިރޭޓް ތަކެއް ގެއްލިގެން ރިޕޯޓު ކޮށްފައި ބޮންޑެޑް ވެއާ ހައުސް އަކީ ވެސް އެ ގޮތަށް ގެ އެއްގައި ހަދާފައި ހުރި ތަނެއް ކަމަށެވެ.

ނަމަވެސް ވެރި ފަރާތުން ވެއާ ހައުސް ހިންގި ތަން ދޫކޮށް އެ ތަނުގައި އެހެން މަސައްކަތެއް ކުރަމުން އަންނަ މައުލޫމާތު ކަސްޓަމްސްއަށް ލިބުމުން އެކަން ޔަގީންކޮށް އެ ފަރާތަށް ވާނީ ވެއާ ހައުސްގައި ހުރި ކަމަށް ރެކޯޑް ތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާ ކަމަށް އިހުސާން ފާހަގަ ކުރެއްވި އެވެ.

"މިކަން ހިނި ގޮތް ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަސްޓަމްސް އާއި ފުލުހުން ދަނީ ތަހުގީގު ކުރަމުން،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެ ގޮތަށް ގޭގެ ތަކުގައި ބޮންޑެޑް ވެއާ ހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ މި ސަރުކާރުން ވާނީ ބޮންޑެޑް ވެއާ ހައުސް ދެން ހިންގޭނީ ހަމަ އެކަނީ "ކަސްޓަސްގެ ފުލް ކޮންޓްރޯލް" އޮންނަ ސަރުހައްދު ތަކުގައި އެކަނި ކަމަށް ކަނޑަ އަޅައި އެ ސިޔާސަތު ތަންފީޒު ކުރަން ފަށާފައި ކަމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

39 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy