59 ފަހަރު ހައްޔަރުކުރި މީހަކު ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނަގައިފި

ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތު އޮތް، އަޒްމީލް މުޙައްމަދު --

މީގެ ކުރިން އެކި މައްސަލަތަކާ ގުޅުވައިގެން 59 ފަހަރު ހައްޔަރު ކޮށްފައިވާ މީހަކު ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނަގައިފި އެވެ.

މާފަންނުގައި ހުންނަ "ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރަ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 26 ވަނަ ދުވަހުގެ 4:00ހާއިރު އެވެ.

މި ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރ. މީދޫ، ބުލްބުލާގެ، އަޒްމީލް މުޙައްމަދު 40، އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް، ބަލައި ފާސް ކުރިއިރު އެފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފަސް ފޯނު ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އަޒްމީލަކީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު ހަ ވަނަ ދުވަހުގެ ވަގުތެއްގައި "ކްރޭވެސް ޓޭކްއަވޭ" ރެސްޓޯރަންޓުން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ކުށް ސާބިތުވެފައިވާ މީހެކެވެ.

އަޒްމީލް މުޙައްމަދު އަށް ވަނީ އެ މައްސަލައިގައި ފަސް މަހާއި 22 ދުވަހަށް ގޭބަންދު ކުރުމަށް މިދިޔަ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ.

އޭނާ އަކީ މީގެ ކުރިން އެކި މައްސަލަތަކާ ގުޅިގެން 59 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ، މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ސްޕައި އެންޑް ޓެކް މޯބައިލް ފިހާރަ ފަޅާލައިގެން ވައްކަން ކުރި މައްސަލައިގައި އަޒްމީލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy