އިޒްރޭލްގެ ކެބިނެޓް މިނިސްޓަރަކު އަލް އަގްސާއަށް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި

ފޮރިން މިނިސްޓްރީ -- ދަ އެޑިޝަން ފޮޓޯ

އިޒްރޭލްގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމަރް ބެން-ގްވީރް، ފަލަސްތީނުގެ އަލް ގުދުސްގައި ހުންނަ މުސްލިމުންގެ ތިން ވަނަ ހަރަމްފުޅު، އަލް މަސްޖިދުލް އަގްސާ އަށް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި އެވެ.

ބެން-ގްވީރް، އަގްސާ މިސްކިތަށް ވަދެގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާގެ އެ އަމަލަކީ އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތްކަނޑައިލުމަށް ތަކުރާރުކޮށް އިޒްރޭލުން ކުރަމުންދާ އަމަލެއް ކަމަށެވެ.

މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއްކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ މި އަމަލަކީ ފަލަސްތީނު ރައްޔިތުންނާއި ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ހައްގުތަކަށް ވެސް އަރައިގަތުން ކަމަށެވެ.

މިފަދަ އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމަށާއި ބައިނަލްއަގުވާމީ ގާނޫނު ތަކަށާއި އިންސާނީ ހައްގު ތަކަށް އިހުތިރާމު ކުރުން ކަށަވަރު ކުރުމަށް ހަރުދަނާ، އަވަސް ފިޔަވަޅު ތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމަ އަށް މިނިސްޓްރީން ގޮވައިލާފައި ވެއެވެ.

މިނިސްޓްރީން ބުނެފައި ވަނީ ފަލަސްތީނު މައްސަލައަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިން ތަކުގެ މައްޗަށް ބިިނާކޮށް އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށް ކަމުގައި ކަނޑަ އަޅައި، އެއީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމު ކުރެވުމުން ކަމަށެވެ.

އަގްސާ މިސްކިތަކީ އިސްލާމުންގެ ތިން ވަނައަށް އެންމެ މުގައްދަސް ބިނާ އެވެ. މި މިސްކިތަކީ މިއުރާޖްގެ ރޭގައި ކީރިތި ރަސޫލާ (ސއވ) ނަމާދު ކުރެއްވި މިސްކިތެވެ.

ޔަހޫދީ ދައުލަތުގެ ބާރުގެ ދަށުގައި އޮންނަ މަސްޖިދުލް އަގްސޯގެ ގާނޫނީ ބެލެނިވެރި ފަރާތަކީ އުރުދުން ސަރުކާރެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

40 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy