މަންމޯހަން ސިންގް އަވަހާރަވުމުން ރައީސް ޑރ. މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައި --
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
މަންމޯހަން ސިންގް، އުމުރުފުޅުން 92 އަހަރުގައި އަވަހާރަވީ ސިއްހީ ހާލުކޮޅު ކުއްލިއަކަށް ގޯސްވުމުން ނިއު ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
ރައީސްގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، މަންމޯހަން ސިންގް ރާއްޖެއަށް ކުރެއްވި ތާރީހީ ޒިޔާރަތް ވެގެން ދިޔައީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގެ މުހިންމު ނިޝާނަކަށް ކަމަށެވެ.
މީގެ އިތުރުން، ތަމައްދުނު ހާސިލު ކުރެއްވުމުގައި ޑރ. ސިންގް ދެއްކެވި ސާބިތުކަމާއި، ދެކުނު އޭޝިޔާގައި އެއްބާރުލުމާއި ތަރައްގީ ފަހި ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ "ލުކް އީސްޓް ޕޮލިސީ" ހަރުދަނާ ކުރެއްވުމުގައި އެމަނިކުފާނު އަދާ ކުރެއްވި އިސް ދައުރު ވެސް ރައީސް ފާހަގަ ކުރެއްވާފައިވެ އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ފުން ހިތާމައިގެ މިދަނޑިވަޅުގައި ޑރ. ސިންގްގެ އާއިލާ އަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވަމުންނެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް