ބަންދުގެ މުއްދަތު އިތުރުކުރެވުނު ލަންކާގެ ފަސްމީހުން
މިދިޔަ މަހު ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވުނު ލަންކާގެ ފަސް މީހުންގެ ބަންދު މުއްދަތު 30 ދުވަހަށް އިތުރުކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުންނެވެ.
މި ފަސް މީހުންނަކީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހދ. މަކުނުދޫ ބޭރުން ހިފެހެއްޓި ލަންކާގެ މަސްދޯންޏެއްގައި ތިބި މީހުންނެވެ. ފުލުހުން ބުނާ ގޮތުގައި މި ދޯނިން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މީގެ ތެރޭގައި 344 ކިލޯގެ މެތު އަދި 124.6 ކިލޯގެ ކޮކެއިން ހިމެނޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެފައިވެއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި، މި މީހުން ބަންދުގައި ބަހައްޓަން ނިންމި ސަބަބުތަކުގެ ތެރޭގައި ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވުމާއި، ފިލުމުގެ ފުރުސަތު އޮތުމާއި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ހިމެނެއެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ދޯނީގައި ހުރުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވުން އޮތް ކަމަށް ބެލެވޭތީ ވެސް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، ފުލުހުން ވަނީ މި ދޯންޏާއި ރާއްޖޭގެ އެއްވެސް ޑްރަގް ނެޓްވޯކަކާ ގުޅުމެއް އޮތްތޯ ބަލަމުންދާ ކަމަށް ބުނެފައެވެ. މި މައްސަލައިގެ ތަޙުޤީޤު ފުޅާ ދާއިރާއެއްގައި ކުރިއަށްދާކަން މިއިން އެނގެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް