ޤުރުއާން ހިތުދަސްކުރި ފަރާތަކަށް ސަނަދު ހަވާލުކޮށްދެއްވުން / ފޮޓޯ: ރައީސް އޮފީސް
ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަނަދު ދިނުމަށް ބާއްވާ ޚާއްސަ ހަފްލާ ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހުގެ 27 ވަނަ ރޭ ބޭއްވުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި ހަފްލާގައި ދަސްވެނިވާ ފަރާތްތަކަށް ޚާއްސަ ޤައުނެއް ތައްޔާރުކުރާނެ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
ރާއްޖޭގައި ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑެއްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވަމުން ގެންދަވައެވެ. މިގޮތުން، އޮކްޓޯބަރ 2022 އިން ސެޕްޓެންބަރު 2024 ގެ ނިޔަލަށް ޤުރުއާން ހިތުދަސްކޮށްގެން ސަނަދު ހާސިލުކުރި 28 ޙާފިޡުންނަށް މިއަހަރު މި ޚާއްސަ އިނާމު ދެވިފައިވެއެވެ.
ވަޒީރު ޝަހީމް ވިދާޅުވިގޮތުގައި މިހާރުވެސް 3 މީހަކު ޤުރުއާން ހިތުދަސްކުރުމަށްފަހު އިމްތިހާނު ހަދަމުންދާ އިރު، އިތުރު 2 މީހަކު އިމްތިހާނު ހެދުމަށް އެދިފައިވެއެވެ. އަދި ފަސް އަހަރުގެ ކުޑަކުއްޖަކުވެސް ޤުރުއާން ހިތުދަސްކުރުމަށްފަހު މުރާޖަޢާ ކުރުމަށް އެދިފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރުން ވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢެއްވެސް މިއަހަރު ފަށާފައެވެ. މި ހުރިހާ މަސައްކަތްތަކަކީ ރާއްޖޭގައި ޤުރުއާން ހިތުދަސްކުރުމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް