ސުނާމީ ކާރިސާގެ ހަނދާނުގައި މުޅި ރާއްޖޭގައި ސުކޫތެއް

ސުނާމީގެ ހަނދާނުގައި ގެނެވުނު ސުކޫތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު މުޅި ރާއްޖޭގައި ސުކޫތެއް ގެނެވިއްޖެއެވެ.

މި ސުކޫތު ގެނެވުނީ ސުނާމީގެ ރާޅު ރާއްޖެއަށް އެރިކަމަށް ރިކޯޑުކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23 ގައެވެ.

ވެރިރަށް މާލޭގައި ސުކޫތުގެ ރަސްމިއްޔާތު ބޭއްވުނީ ކުރީގެ ހުރަވީ ބިލްޑިންގ ހުރި ބިމުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވިއެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނާއި މާލޭގެ އެހެނިހެން އޮފީސްތަކުގެ މުވައްޒަފުންވެސް މި ސުކޫތުގައި ބައިވެރިވިއެވެ.

ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މި ސުކޫތު ފާހަގަކުރެވުނެވެ. ރަށްރަށުގެ ރައްޔިތުން މި ސުކޫތުގައި ބައިވެރިވެ، ސުނާމީގައި ގެއްލުނު އަދި ނިޔާވި މީހުންގެ ހަނދާން އާކޮށްފައިވެއެވެ.

ސުކޫތު ނިމުމާއެކު، މުޅި ރާއްޖޭގައި އެއްބައިވަންތަކަމުގެ އަތުގުޅާލުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ހަދިޔާ ބަދަލުކުރުމުގެ ޚާއްޞަ ހަރަކާތެއްވެސް ރޭވިފައިވާކަމަށް އިސްވެރިން މަޢުލޫމާތު ދެއްވިއެވެ.

2005 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ޑިސެމްބަރު 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ސުނާމީގައި ގެއްލުނު މީހުންގެ ހަނދާން އާކުރުމާއި، އެ ދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ރޫޙު ދަމަހައްޓައި، އާލާކުރުމެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

36 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy