ސަސްޕެންޝަންގައި ހުރި ފަޒީލްގެ ފޯނު ފުލުހުން ހިފަހައްޓައިފި

އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް--

ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތިި ތަކެއް ދިން މައްސަލައިގެ ތަހުގީގަށް ސަސްޕެންޑްކޮށްފައި ހުރި އެމްޑަބްލިއުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހިފަަހައްޓައިފި އެވެ.

ފަޒީލް ސަސްޕެންޑްކޮށްފައި ވަނީ މާލޭ ރަށްވެހިންނަށް ގޯތި ދޭން ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ލިބޭ ގޯއްޗަށް ޝަރުތު ހަމަނުވެ، ހުޅުމާލެއިން ގޯތި ލިބުނު މައްސަލަ ފެންމަތިވުމުންނެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ފަޒީލްގެ ފޯނު ހިފެހެއްޓީ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ބިންވެރިޔާ ސްކީމާ ގުޅުން ހުރި މައްސަލަ އާ ގުޅިގެން ކަމަށާއި އަދި ހަމަ މި މައްސަލައިގައި އިތުރު ބައެއްގެ ފޯނު ވެސް ހިފަހައްޓާފައި ވާނެ ކަމަށެވެ.

މި މައްސަލަ އާ ގުޅިގެން ފަޒީލްގެ ބޭބެ އަދި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ސަސްޕެންޑްކޮށް އަދި ބޯޑުން ވެސް، އޭނާ ވަނީ ވަކިކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރު ކުރައްވާފަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

49 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy