ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ތުރުކީގެ ބަލިކެސިރް ޕްރޮވިންސްގެ ހަތިޔާރު ކާރުހާނާއެއްގައި އެއްޗެއް ގޮވައި ބަޔަކު މަރުވުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ތުރުކީގެ
ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ތައުޒިޔާ ފޮނުއްވައިފި އެވެ.
ތުރުކީގެ ރައީސަށް ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ، އެ ހާދިސާގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުކަމަށް ވިދާޅުވެފަ އެވެ.
މި ހާދިސާގައި 12 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.
ރައީސްގެ މެސެޖުގައި، ނުރައްކާތެރި މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާ ތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންގެ އިތުރުން، ތުރުކީ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރައްވާފައިވެ އެވެ.
ރައީސްގެ މި މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ރައްޔިތުން ތިބީ ތުރުކީގެ އަހުންނާއި އުހުތުންނާ އެކުގައި ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް