ބިއުޓިފުލް ކަލެކްޝަން
ބޮޑުތިލަދުންމަތީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް” މައިކަޕް”ގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރ ބިއުޓިފުލް ބުލޫ އިން “މައިކަޕް ސޭލް”ގެ ނަމުގައި އިހަވަންދޫގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ން ފެށިގެން އަންނަ މަހުގެ 1 ގެ ނިޔަލަށެވެ. މައިކަޕް މުބާރާތުގެ ފައިނަލް މެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 1 ވަނަ ދުވަހުއެވެ.
އިހަވަންދޫގައި ހިންގަމުން އަންނަ ބިއުޓިފުލް ބުލޫ އަދި ބިއުޓިފުލް ކަލެކްޝަންގައި މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިިވާއިރު، ބިއުޓިފުލް ބުލޫގައި އާއްމުކޮށް ވިއްކަނީ އަންހެން ބޭފުޅުންގެ އެކި ކަހަލަ ފޮއްޗާއި، ހެދުން ފެހުމަށް ބޭނުންކުރާ ބައެއް ސާމާނެވެ.
ބިއުޓިފުލް ކަލެކްޝަން އަށް ބަލާއިރު، ކުޑަކުދިން ކުޅޭ ޓޯއީސްއާއި ކަސްރަތު ކުރުމަށް ބޭނުންކުރާ ކިޓާއި، ކުޑަކުދިން ކިޔެވުމަށް ބޭނުން ކުރާ ބައެއް އެއްޗެހީގެ އިތުރުން، އަތަރު، ފައިވާން، ބޫޓު، އަދި ކާބޯތަކެތީގެ ބައެއް ބާވަތްތައްވެސް ލިބެން ހުރެއެވެ. މީގެ ތެރޭގައި އެކި ވައްތަރުގެ ނަޓްސް ހިމެނެއެވެ.
މި ޕްރޮމޯޝަންއާ ގުޅޭގޮތުން ދެލި އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން މި ދެ ފިހާރައިގެ އޯނަރ މުޙައްމަދު ޔާމީން ވިދާޅުވީ، މި ޕްރޮމޯޝަންގެ ބޭނުމަކީ ވީހާވެސް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ތަކެތި ފޯރުކޮށްދިނުން ކަމަށާއި، މައިކަޕް މުބާރާތް ކުރިއަށްދާ ދުވަސްވަރު މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަކީ މުޙިއްމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
ބިއުޓިފުލް ބްލޫގެ އޯނަރ މުޙައްމަދު ޔާމީން އަކީ އިހަވަންދޫގައި ހިންގަމުން އަންނަ އެކިއެކި ކުޅިވަރު މުބާރާތްތަކާއި އިޖްތިމާޢީ ގޮތުން ހިންގޭ އެކިއެކި ހަރަކާތް ތަކުގައި ނުހަނު ބޮޑު ދީލަތި އެހީތެރިކަމެއް ވެދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް