ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން
ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލިކަމަށް ދެކެވޭ ވާހަކަ ދޮގުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލިކަމަށް ސޯޝަލް މީޑިއާގައި ބަޔަކު މީހުން ފަތުރަމުން ދިއުމާއި ގުޅިގެންނެވެ.
ވަޒީރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ 2021 ވަނަ އަހަރުގެ މޭ މަހު ބަންގްލަދޭޝްގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ހާދިސާއަކާ ގުޅޭ ވީޑިއޯއެއް ކަމަށެވެ. އަދި އެ އާޓިކަލްގެ ލިންކުވެސް ވަނީ ހިއްސާކުރައްވާފައެވެ.
މި ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން ވަޒީރު އިހުސާންގެ އިތުރުން ފުލުހުންވެސް ވަނީ މި ވާހަކަ ދޮގުކޮށްފައެވެ. މިފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ މުޖުތަމަޢުގައި ބިރުވެރިކަން އުފެދި، އޮޅުންއަރާފަދަ ކަމެއްކަން ފާހަގަކުރެވެއެވެ.
ރަސްމީ ފަރާތްތަކުން މި ޚަބަރު ދޮގުކުރުމާއެކު، އާންމުންނަށް އިލްތިމާސްކުރެވެނީ މިފަދަ ޚަބަރުތައް ފެތުރުމުގެ ކުރިން އޭގެ ޞައްޙަކަން ކަށަވަރުކުރުމަށެވެ. އަދި ރަސްމީ ފަރާތްތަކުން ދޭ މަޢުލޫމާތަށް ރިޢާޔަތްކުރުމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް