ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް މުޙައްމަދު ނަޖާހު އައްޔަން ކޮށްފި

ފެނަކައިގެ އައު އެމްޑީ ނަޖާހު --

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ މަގާމު މޭޖާ (ރިޓަޔާޑް) މުޙައްމަދު ނަޖާހް ހަމަޖައްސައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ފެނަކައިގެޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި އެމްޑީ ކަމުގެ މަގާމަށް ހ. ޔެލޯރޯޒް 2، މޭޖާ ރިޓަޔާޑް މުޙައްމަދު ނަޖާހް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

ސިފައިގޭގައި 21 އަހަރު ހިދުމަތް ކުރައްވައިފައި ނަޖާހު އެ މަގާމަށް ހަމަޖައްސާފައި މިވަނީ އެ މަގާމުގައި ހުންނެވި މުއާޒް މުޙައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

ފެނަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވައި މުއާޒު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވީ ސިޓީ މިއަދު ވަނީ އާންމު ކުރައްވާފަ އެވެ.

އިސްތިއުފާ ދެއްވި މައިގަނޑު ސަބަބުގެ ގޮތުގައި މުއާޒު ވިދާޅުވެފައިވަނީ ފެނަކައިގެ ދަރަނި ހުރި މިންވަރަށް ބަލާއިރު، އޭނާ ހުންނަވައިގެން އިތުރަށް ކަންކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުންނެވެ.

މުއާޒު ވިދާޅުވީ ކުންފުނިތައް ހިންގަންވާނީ އެ ކުންފުންޏަކަށް ލިބޭ އާމްދަނީން ކަމަށްވީއިރު، ފެނަކައަށް މިހާރު ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން އެއީ ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.

ކުންފުންޏަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަނެވޭނެ ގޮތުގެ ޕްލޭނެއް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރިކަން ފާހަގަ ކުރައްވަމުން މުއާޒު ވިދާޅުވެފައިވަނީ އެކަމަށް ވެސް އަލިމަގެއް ފެނިފައިނުވާ ކަމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

44 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy