އެމްޕީއެލަށް ލިބުނު ދެ އެވޯޑު -- ފޮޓޯ/ އެމްޕީއެލް
ދެކުނު އޭޝިއާގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެ ސަރަހައްދުގައި ބާއްވަމުން އަންނަ އެންމެ ބޮޑު އެއް އެވޯޑު ހަފްލާ ކަމުގައިވާ "ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑު 2024" ގެ މުހިންމު ދެ އެވޯޑެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ލިބިއްޖެ އެވެ.
އިންޑިއާގެ ނިއު ދިއްލީގައި، މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ހަފްލާގައި އެމްޕީއެލަށް ލިބިފައިވަނީ 'އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން' އެވޯޑާއި 'އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް' އެވޯޑެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި އެ ކުންފުންޏަށް "އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް އެވޯޑް" ލިބުނީ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުތައް ދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
އެގޮތުން މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ޓަކައި ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓް މެދުވެރިކޮށް ކޮންމެ އަހަރަކު ވެސް މުވައްޒަފުންނަށް ގިނަ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އިނޮވޭޓިވްބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑް ލިބުނީ، އެމްޕީއެލުން ބުނާގޮތުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވިޔަފާރި ފުޅާ ކުރުމާއި އާމްދަނީ އިތުރު ކުރުމަށް އެ ކުންފުނިން ކޮށްފައިވާ ގިނަ މަސައްކަތް ތަކަށެވެ.
އެގޮތުން ރާއްޖޭގައި މުޅިން އައު ދާއިރާއެއްގެ ގޮތުގައި ސީ-ޓު-އެއާ ކާގޯގެ ހިދުމަތް ފެށުމާއި އުތުރު މެރިޓައިމް ސާވިސަސްގެ ހިދުމަތް ތައާރަފު ކުރުން ހިމެނޭ ކަމަށް ބުންޏެވެ.
މިއަހަރުގެ ސައުތު އޭޝިއަން ބިޒްނަސް އެކްސެލަންސް އެވޯޑްސް 2024ގައި ތަފާތު 17 ދާއިރާއަކުން އެވޯޑު ދީފައިވެ އެވެ.
އެމްޕީއެލުން އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ މުވައްޒަފުންނަށް ތައުލީމާއި ތަންރީނުގެ ފުރުސަތު ފަހިކޮށްދީ އެމީހުންނަކީ ކަމަށް ގާބިލު ބަޔަކަށް ހެދުމަށެވެ.
އޭގެ އިތުރުން މުވައްޒަފުންގެ މަސައްކަތު މާހައުލަކީ ވަކި ޖިންސަކަށް، ވަކި ކުލައަކަށް ނުބަލައި ހަމަހަމަކަންމަތީ މަސައްކަތްކުރެވޭނެ މާހައުލަކަށް ހެދުމަށް ވެސް އެ ކުންފުނީގެ މެނޭޖުމެންޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް