ރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ
ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތަކެއް މުޅިން އަލަށް އެކުލަވައިލައި އާންމުކޮށްފިއެވެ.
މި މިންގަނޑުތައް އާންމުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި އަސާސްތަކަކީ ޒަކާތްނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުއީ އަސާސްތައް ބަޔާންކުރުމަށްޓަކައި ރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވައިލި އަސާސްތަކެކެވެ. މިނިސްޓަރު ވިދާޅުވީ މިއީ ޒަކާތު ހައުސްގެ މަގުޗާޓުކަމަށާއި އެންމެ މުހިންމު ޑޮކިއުމަންޓްކަމަށެވެ.
މި އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައިވަނީ ޤުރުއާނާއި ސުންނަތް، ދަންނަބޭކަލުންގެ އިޖުމާޢުއާއި ޤިޔާސް، އިސްލާމީ ފިޤްހުގެ ޤަވާއިދު އަދި ބައިނަލްއަގްވާމީ އިސްލާމީ ފިގުހު އެކަޑަމީތަކުގެ ނިންމުންތައް ފަދަ ގިނަ މަސްދަރުތަކަށް ބަލައިގެންނެވެ.
މި އަސާސްތަކާއި މިންގަނޑުތަކުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޒަކާތް ވާޖިބުވާ މުދަލުގެ ބާވަތްތައް ބަޔާންކުރުމާއި، ޒަކާތް ނެރުން ލާޒިމްވާ މުދަލުގެ ޝަރުއީ އަސާސުތައް ބަޔާންކުރުން، އަދި ޒަމާނީ މާލީ މުދަލުން ޒަކާތް ނެރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވަނީ މި އަސާސްތަކާއި މިންގަނޑުތައް އެކުލަވައިލުމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްގެ މިފަދަ އިތުރު މަސައްކަތްތަކެއް ފެންނާނެ ކަމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް