ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް އިސްތިއުފާ ދެއްވައިފި

ފެނަކައިގެމެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވި މުއާޒް މުހައްމަދު ރަޝީދު — މިހާރު ފޮޓޯ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މިއަދު ޓްވިޓާގައި އާންމު ކުރެއްވި އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ އޭނާ އިސްތިއުފާދެއްވުމަށް ނިންމެވީ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ނުދެވޭ ހާލަތަކަށް ކުންފުނި ގޮސްފައިވާތީ ކަމަށެވެ.

މުއާޒްގެ ސިޓީގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ހަމައެކަނި ކުންފުންޏަށް ލިބޭ އާމްދަނީން ކުންފުނި ހިންގަންޖެހޭއިރު، ތަނުގެ މާލީ ހާލަތު ގޮސްފައިވާ ހިސާބުން އެކަން ނުކުރެވޭނެ ކަމަށެވެ.

އެކަން މެދުވެރިވާ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވާފައިވަނީ:

1. ކަރަންޓާއި، ފެނާ، ނަރުދަމާގެ ވަސީލަތްތައް މިހާތަނަށް މެއިންޓެއިންކޮށްފައި ނެތުމުން އޮތް ބެކްލޮގް ރަނގަޅުނުކުރެވުން

2. ކުންފުންޏާ ހަވާލުވި އިރު 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތުން

3. ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުން

4. ކުންފުނި ރައިޓް ސައިޒް ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުން

5. ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ހަރަދު އިންތިހާއަށް އިތުރުވުން

މުއާޒް ވިދާޅުވީ، ކަން އެހެން ހުރި ނަމަވެސް، އޭނާ މަގާމުގައި ހުންނެވި އެއް އަހަރުގެ ތެރޭ ކުންފުނީގެ ހިންގަން ދިމާވި ގޮންޖެހުންތަކާއި ދަތިތަކާއެކުގައި ވެސް 160 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހިންގުމުގެ ހަރަދުން ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، ކުންފުނި މިހާރު އޮތް ހާލަތުން ހަމައެކަނި ހަރަދު ކުޑަކޮށްގެން އަރައި ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ މުވައްޒަފުންނަށް މިދިޔަ އޮކްޓޫބަރު މަހާއި، ނޮވެންބަރު މަސް ފެށުނުއިރު، މުސާރަ ދެވިފައި ނުވާކަން ފާހަގަކޮށް މުއާޒު ވިދާޅުވެފައިވަނީ މިއީ ކުންފުނީގެ ހާލަތު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރުކަމަށެވެ.

އޭނާ ވިދާޅުވީ، ކުންފުނީ ހަމަ މަގަށް އެޅުވުމަށް ހެދި ޕްލޭންތައް ކަމާބެހޭ ފަރާތް ތަކަށް ހިއްސާ ކުރި ނަމަވެސް އެކަމުގައި މިހާތަނަށް އަލިމަގެއް ފެނިފައި ނުވާ ކަމަށެވެ. އަލި ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

20 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

50 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy